ސުޝާންތު ސިންގުރާޖުޕުތު އަމިއްލައަށް ދަންޖެހިގެން މަރުވި ފަހުން މަހެއް ވެފައިވާއިރު، އަދިވެސް ސުޝާންތު މަރުވުމުގެ ހިތާމަ އޭނާގެ އެކުވެރިންނާއި އާއިލާ ދަނީ ކުރަމުންނެވެ. ސުޝާންތު އަމިއްލަޔަށް މަރުވުމުން އެކަމުގެ ޒިންމާ އޭނާގެ ސަޕޯޓަރުން އެތައް ބައެއްގެ ބޮލުގައި އަޅުވާފައިވާއިރު އެތަނުން އެކަކީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކަރަބޮޓީއެވެ.
ސުޝާންތު މަރުވުމަށްފަހު އިއްޔެއާއި ހަމަޔަށް ރިއާ ހުރި ހަނެވެ. ސޯޝަލް މީޑިއާއާވެސް ސުޝާންތު މަރުވުމާއި ގުޅިގެން މަހެއްހާ ދުވަހު ދުރުގައި ހުރުމަށްފަހު ރިއާ މިވަނީ ލޯބިވެރިޔާ ވަކިވެދިއުމުން އޭނާގެ ހިތަށް ކުރި އިހްސާސްތައް ބޭރުކޮށްލައިފައެވެ.
އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓެއްގައި ރިއާ ބުނީ އަދިވެސް އޭނާއަށް ސުޝާންތުގެ ހަނދާންތަކާ ދުރަށް ނުދެވޭ ކަމަށާއި، އޭނާއަށް ލޯތްބަކީ ކޮން އެއްޗެއްކަން ކިޔައިދިނީ ސުޝާންތު ކަމަށެވެ. ރިއާ ބުނީ އޭނާ އެކަނި ދޫކޮށްލާފައި ދިއުމުން އެކަމަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމަށެވެ.
ރިއާ ސުޝާންތުއަށް ލިޔުނު އެ ޕޯސްޓަށް ވަނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ކޮމެންޓް ކޮށްފައެވެ. އޭގެތެރޭގައި ވަރުން ދާވަން އާއި ބޫމީ ޕަޑްނޭކަރް އަދި ޓައިގަ ޝްރޮފު ހިމެނެއެވެ. ސުޝާންތުގެ ބައްޕައާ ހަވައިލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި، ސުޝާންތު އަދި ރިއާ އުޅުނީ މިއަންނަ އަހަރު ކައިވެނި ކުރާށެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން