ވ. ފުލިދޫ ގިރަމުންދާ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް، ގޮވާލައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.
މިގަރާރު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 52 މެމްބަރުން ވޯޓު ދެއްވައިގެންންނެވެ.
ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް މަޖިލިސް ރައީސް ފޮނުއްވިއެވެ.
މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިގްތިސާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ.
ފުލިދޫ ރަށްގިރައި ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރަށާއި، ކަމާއި ގުޅުންހުރި އިދާރާތަކަށް މިގަރާރުގައި ވަނީ ގޮވާލާފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް