ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހީމް އިސްމާއިލް ކޮވިޑް19އަށް ޕޮޒެޓިވް ވެއްޖެއެވެ.
ޔޫތު މިނިސްޓްރީން ވަނީ "ވަން" އަށް އެކަން ޔަގީން ކޮށްދީފައެވެ. ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން އަންނަ އިބްރާހީމް އިސްމާއިލް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވައިފައެވެ. ސްޕޯޓްސް ކައުންސިލްގެ ރައީސްކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.
އުމުރުން މިހާރު 70 އަހަރު ވެފައިވާ އިބްރާހީމް އިސްމާއިލް އަށް ކޮވިޑް ޖެހުނުކަން އެނގިވަޑައިގަތީ ހުން އައިސްގެން ޑޮކްޓަރަށް ދެއްކެވުމުންނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ބައްދަލުވުމަކަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް އާއެކު އިބްރާހީމް އިސްމާއިލް ވަނީ ވަޑައިގެންފައެވެ. ޔޫތު މިނިސްޓްރީން ބުނީ ކޮވިޑް 19 އާ ގުޅިގެން މި ދުވަސްކޮޅު އިބްރާހީމް އިސްމާއިލް އޮފީހަށް ވަޑައި ނުގަންނަވާ ކަމަށެވެ.
އިބްރާހީމް އިސްމާއިލް ވަނީ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމާއި، ނައިބު ރައީސް ކަމާއި، ޖެނެރަލް ސެކްރެޓަރީ ކަމާއި، ފުޓްބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ކަމާއި، ރެފުރީސް ކޮމިޓީގެ ޗެއާމަން ކަމާއި، ކްރިކެޓް ބޯޑުގެ ނައިބު ރައީސް ކަމާއި، ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރައްވައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު