މީގެ 6 ދުވަސްކުރިން 4 އަހަރުގެ ދަރިފުޅު ޖޯސޭ އާއި ލޭކު ޕިރޫގައި ބޯޓު ދުއްވަނިކޮށް ގެއްލުނު ހޮލީވުޑްގެ މަޝްހޫރު ތަރި ނަޔާ ރިވެރާގެ ހަށިގަނޑު ކޯރު ތެރެއިން ފެނިއްޖެއެވެ.
ނަޔާ ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ދަރިފުޅާއެކު ބޯޓް ދުއްވަނިކޮށެވެ. އޭނާގެ ދަރިފުޅު ބޯޓު ތެރޭގައި ނިދާފައި އޮއްވައި ފެނުނު ނަމަވެސް އުމުރުން 33 އަހަރުގެ ނަޔާގެ ހަބަރެއް ނުވެއެވެ.
އިއްޔެ ހެނދުނު ވެންޓްރާ ކޯންޓީ ޝެރިފު އިން ވަނީ ކޯރުތެރެއިން މީހެއްގެ ހަަށިގަނޑު ފެނިފައިވާ ކަމަށް ބުނެފައެވެ. އޭގެ ފަހުން އިއްޔެ މެންދުރު ފަހުން ކެޕްޓަން އެރިކު ބަސްކޯ ވަނީ ކޯރު ތެރެއިން ފެނުނީ ނަޔާގެ ހަށިގަނޑު ކަން ޔަގީން ކޮށްދީފައެވެ.
އޭނާ ބުނީ ނަޔާ ފެނުނީ، އޭނާ ހޯދުމަށް ކުރީންވެސް ވަރަށް ބޮޑަށް ބެލި ސަރަހައްދަކުން ކަަމަށާއި، ނަޔާގެ ހަށިގަނޑު ފެނުނީ ކިހާ އަޑިޔަކުން ކަން އަދި ބުނަން ނޭނގޭ ކަމަށެވެ. ނަޔާގެ ހަށިގަނޑު ފެނުނު ކަން އޭނާގެ އާއިލާއަށް އެންގުމާއިއެކު އެމީހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފައެވެ. ނަޔާގެ އާއިލާގެ އިތުރުން ގްލީގައި ނަޔާއާއި އެކު މަސައްކަތް ކުރި ތަރި ހެތަރ މޮރިސް ވެސް ވަނީ އެތަނަަށް ގޮސްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން