އެމެރިކާގެ މަނަވަރެއްގައި އެއްޗެއް ގޮވައި އަލިފާން ރޯވެއްޖެއެވެ.
ސެންޑިއޭގޯ ބަނދަރުގައި މަރާމާތު ކުރަމުން ގެންދިޔަ އެމެރިކާ ނޭވީގެ މި މަނަވަރު ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 21 މީހަކަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ.
މަނަވަރުގައި ރޯވި ހާދިސާގައި އެ މަނަވަރުގެ 17 ފަޅުވެރިންނާއި ހަތަރު މަސައްކަތު މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަކަމަށް ބުނެ ނޭވީ އިން ޓުވީޓު ކޮށްފައި ވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯނިފައި ނުވާއިރު ހާދިސާ ހިނގި ވަގުތު މަނަވަރުގައި 160 ފަޅުވެރިން ތިބި ކަމަށް އޮފިޝަލުން ބުނެއެވެ. އަލިފާން ރޯވުމާއެކު މުޅި މަނަވަރު ހުސްކުރިއެވެ.
ސެންޑިއޭގޯގެ ފެޑަރަލް ފަޔާ އިން މަނަވަރުގައި ހިނގި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. އެމަނަވަރުގައި ހިނގި އަލިފާން ނިއްވުމަށް ފަޔާފައިޓަރުންގެ ދެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ