އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ވެސް އެންމެ ފަހުން މާސްކް އަޅުއްވައިފި އެވެ.
ރައީސް ޓްރަމްޕް މީގެ ކުރިން ވަނީ މާސްކު ނާޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މާސްކު އެޅި މީހުންނަށް ފާޑުވެސް ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ފަހަރަށް މާސްކު އަޅުއްވައިގެން ހުންނަވަނިކޮށް ޓްރަމްޕް ފެނިފައިވަނީ ވޮޝިންޓަންގެ ކައިރީގައި ހުންނަ ވަލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނާއި ސިއްހީ އެހީތެރިންނާ ބައްދަލު ކުރެއްވުމަށް ކުރެއްވި ޒިޔާރަތުގައެވެ.
ހޮސްޕިޓަލަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވަނީ މާސްކު އެޅުއްވުމާ ދެކޮޅު ނޫންކަމަށް ވިދާޅުވެފައެވެ. އަދި މާސްކު އަޅަން ޖެހޭ ހާލަތާއި ވަގުތ އައުމުން މާސްކު އަޅަން ޖެހޭނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ މާސްކު އެޅުމަކީ ކުރައްވަން ބޭނުންފުޅު ކަމެއް ކަމަށާއި މާސްކު އަޅާފައި ހުންނައިރު ކަމުދާ ކަމަށެވެ.
އެމެރިކާ އަކީ ކޮވިޑް ފެތުރޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ގައުމެވެ. އެގައުމުން ކޮވިޑް ކޮންޓްރޯލް ވެފައި ނުވާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ގައުމުގެ ރައްޔިތުން ބޯ ނުލަނބާކަމަށް އެމެރިކާގެ ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
އެމެރިކާގައި މިހާތަނަށް 3.29 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެގައުމުން 137،000 މީހުން މިބަލީގައި މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ