ފޭސްބުކްގެ މައްސަލައަކާ ގުޅިގެން އައިފޯނުގެ އެޕްތައް ކްރޭޝް ވާން ފަށައިފިއެވެ.
މި މައްސަލަ ދިމާވަނީ އެޕަލްގެ ޑިވައިސްތަކުގައި ކަމަށް ބެލެވޭއިރު ގިނަބަޔަކު ވަނީ މީސްމީޑިއާގައި މިކަން ސަމާލުކަމަށް ގެންނަމުންނެވެ.
އެޕަލްގެ ޕްރޮޑަކްޓްތައް ބޭނުންކުރާ ގިނަ ފަރާތްތަކަށް މި މައްސަލަ ކުރިމަތިވެފައިވާއިރު އޮފްލައިން މޯޑުގައި މި އެޕްތައް ބޭނުން ކުރުމުން މައްސަލަ ދިމާނުވެއެވެ.
ފޭސްބުކްއިން ވަނީ އެސްޑީކޭ ބޭނުންކޮށްގެން ލޮގިން ވާ އެޕްތަކަށް މައްސަލަ ދިމާވާ ކަމަށް ބުނެފައެވެ. އަދި މައްސަލަ ދިމާވާންވީ ސަބަބު ބަލަމުން އަންނަ ކަމަށް ފޭސްބުކް އިން ވަނީ ބުނެފައެވެ.
އެޕްތައް ކްރޭޝް ވުމުގެ މައްސަލަ އެންޑްރޮއިޑްގެ ޑިވައިސްތަކަށް ކުރިމަތިވެފައިވާކަމުގެ ރިޕޯޓު އަދި ކޮށްފައެއް ނުވެއެވެ.
ދިވެހިންގެ ތެރޭގައިވެސް އެންމެ މަގުބޫލު އެޕްތައް ކްރޭޝްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ވައިބާއަށް މި މައްސަލަ ދިމާވެ އެޕް ކްރޭޝްވުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދެއެވެ.
ވައިބާއިން ވެސް ވަނީ މައްސަލަ އުޅޭކަމަށް ބުނެފައެވެ. އަދި ވައިބާ އެޕް އަންއިންސްޓޯލް ކޮށްފަ އިންސްޓޯލް ކުރި ނަމަވެސް މައްސަަލަ ހައްލުނުވާ ކަމަށް ބުނެފައިވެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ