މައިކްރޯވޭވް ކޮށްގެން އެން95 މާސްކު ސްޓެރިލައިޒް ކުރެވޭ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ.

އިސްރާއީލުގެ ޑިއަކޮނެސް މެޑިކަލް ސެންޓާ އޮފް ހަވާޑްސްގެ އަށް ރިސާޗަރުން ގުޅިގެން ކުރި މި ދިރާސާއިން ވަނީ ސިއްހީ ދާއިރާގެ ފަރާތްތަކުން ބޭނުންކުރާ އެން95 މާސްކު ޑިސްއިންފެކްޓް ކުރާނެ ތަފާތު ގޮތްގޮތް ތަހުލީލުކޮށްފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް މަދުވެފައިވާއިރު ހާއްސަކޮށް އެން95 މާސްކު ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތް ހެދުމަށް މި ދިރާސާ ކުރި ޓީމުން ވަނީ މަސައްކަތްކޮށްފައެވެ.

މި ޓީމުން ވަނީ މައިކްރޯވޭވް ބޭނުންކޮށްގެން އެން95 މާސްކު ސްޓެރިލައިޒް ކުރުމަށް ޓެސްޓު ހަދައިފައެވެ. އެގޮތުން މި ޓީމުން ވަނީ 60 މިލިމީޓަރުގެ ފެން ތައްޓަކަށް އެޅުމަށްފަހު އޭގެ މަތީގައި ދާގަނޑެއް ބޭއްވުމަށްފަހު އެން95 މާސްކު އެ ދާގަނޑުގެ މަތީ ބާއްވައި ތިން މިނެޓު ވަންދެން މައިކްރޯވޭވް ކޮށްފައެވެ.

މި ޓީމުން ކުރި ޓެސްޓުން ވަނީ އެން95 މާސްކުގައި ހުރި ހުރިހާ ވައިރަހެއް ނައްތާލައިފައެވެ.

ދިރާސާކުރި ޓީމުން ވަނީ އެން95 މާސްކު ސްޓެރިލައިޒް ކުރުމަށް 20 ފަހަރު މައިކްރޯވޭވް ކުރެވިދާނެ ކަމަށް ބުނެފައެވެ.