އިމާރާތްތަކުގައި ބަހައްޓާ ލިފްޓާއި، ލިފްޓަށް ބޭނުންކުރާ ތަކެތިން ނަގާ ޑިއުޓީ ކަނޑައިލަން ހުށަހަޅައިފިއެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ، މިހާރު ކުރިޔަށްދާ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
ލިފްޓުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ކަނޑައެޅުމަށް އިސްލާހު ހުށަހަޅުއްވަމުން ބޮންޑޭ ވިދާޅުވީ، ލިފްޓުން މިހާރު ވެސް 25 ޕަސެންޓްގެ ޑިއުޓީއެއް ނަގާއިރު އެއް މިލިއަނަށް ހަރުކުރާ ލިފްޓަށް ފައިސާ ދައްކައި ނިމޭއިރު ދެ މިލިޔަނަށް އަރާ ކަމަށެވެ.
އޭނާ ވިދާޅުވީ، ލިފްޓަކީ ވީލްޗެއާގެ އެކްސެސްއަށް ވެސް މުހިއްމު އެއްޗެއް ކަމަށާއި އެއީ ގޭގެ ސިޑި ކަމަށެވެ. ގޭގެ ސިޑިން އެހާ ބޮޑު އަގެއް ނެގިގެން ނުވާނެ ކަމަށާއި ލިފްޓަކީ އަސާސީ އެއްޗެއް ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
މީގެ އިތުރުން ގޭގެއަށް ލިފްޓު ނުލެވި ސިޑި ގޮޅިއަށް މީހުން ވެއްޓި މަރުގެ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވާތީ އޭގެން ޓިއުޓީ ކަނޑައިލުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.
ބޮންޑޭގެ ހުށަހެޅުމަށް ތާއީދު ކުރައްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ލިފްޓަކީ ބޯހިޔާވަހިކަމުގެ ފުރުސަތަށް ވެސް މުހިއްމު އެއްޗެއް ކަމަށެވެ. އަދި އިމާރާތް ކުރާ ބައެއް ސާމާނާ އެއްގޮތަށް އޭގެ ޑިއުޓީ ވެސް ސުންޕަސެންޓަށް ކަނޑައަޅަން ތާއީދު ކުރައްވާ ކަމަަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް