ސުޝާންތު ސިންގު ރާޖުޕުތު އަމިއްލަޔަށް މަރުވުމާ ގުޅިގެން ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭގޮތުން އެތައް ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ. މި ބަހުސްގައި ވަނީ މަޝްހޫރު ތަރިންވެސް ބައިވެރި ވެފައެވެ. އެގޮތުން އެއްބައި ތަރިން ނެޕްޓިޒަމާއި އެއްކޮޅަށް ވާހަކަދައްކަމުން ދާއިރު އެނެއްބައި ތަރިން ދަނީ ނެޕްޓިޒަމާއި ދެކޮޅަށްވެސް ހިޔާލު ފާޅުކުރަމުންނެވެ.
ލަވަ ކޮމްޕޯސް ކުރާ އަމިތު ތުރިވޭދީ ވެސް މިވަނީ ދާދި ފަހުން ނެޕްޓިޒަމް އާއި ގުޅިގެން ކުރެވެމުން އަންނަ ބަހުސްއާ ގުޅޭ ގޮތުން އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ބުނީ ނެޕްޓިޒަމް އަށް ބަހުސް ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަމިތު ބުނީ މިއުޒިކް އިންޑަސްޓްރީގައި ނެޕްޓިޒަމް އޮތް ކަމަށް އޭނަ ގަބޫލު ނުކުރާ ކަމަށެވެ. އެހެންނަމަވެސް ފިލްމީ ދާއިރާގައި ނެޕްޓިޒަމް އޮވެދާނެ ކަމަށް އޭނާ ބުންޏެވެ.
ސުޝާންތާއި ބެހޭގޮތުން ވާހަކަދައްކަމުން އަމިތު ބުނީ، ސުޝާންތުގެ ލަވައެއް އިވޭ ކޮންމެ އިރެއްގައި އޭނާ މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ. އަމިތު ވަނީ ސުޝާންތުއާ އެކު ވަރަށް ގާތްކޮށް މަސައްކަތް ކޮށްފައެވެ.
އަމިތު ކޮމްޕޯސް ކޮށްފައިވާ ލަވަތަކުގެ ތެރޭގައި، "ކައި ޕޫ ޗޭ" ގެ މަންޖާ ލަވައާއި، "ކެދަރުނާތު" ގެ ގާފިރާނާ ލަވަ ހިމެނެއެވެ. މިހުރިހާ ލަވައަކީވެސް ލީޑްރޯލުން ސުޝާންތު ފެނިގެންދިޔަ ފިލްމުތަކުގެ ލަވައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން