ކޮވިޑުން ރައްކާތެރިވުމަށް ބޭނުންކުރާނެ އާލާތްތައް ނެތް ކަމަށް ބުނެ ޕާކިސްތާނުގެ 48 ޑޮކްޓަރުން އިސްތިއުފާ ދީފިއެވެ.
ޕާކިސްތާނުގެ ޕަންޖާބު ޑިސްޓްރިކްޓުގެ ހޮސްޕިޓަލުން ވަނީ މި ޑޮކްޓަރުންގެ އިސްތިއުފާ ގަބޫލުކޮށްފައެވެ. ޑޮކްޓަރުންތައް އިސްތިއުފާ ދީފައިވަނީ އެމީހުންނަށް ކޮވިޑުން ރައްކާތެރި ވުމަށް ބޭނުންކުރާނެ އެއްވެސް އާލާތެެއް ނުލިބޭކަމަށް ބުނެއެވެ. އެގޮތުން އެ ޑޮކްޓަރުންނަށް ޕީޕީއީވެސް ނުލިބޭ ކަމަށޤ ވަނީ ބުނެފައެވެ.
ޑޮކްޓަރުން ވަނީ ސަރުކާރުން އެތައްކަމެއް ދޯދިޔާކޮށް ގެންދާ ކަމަށް ބުނެފައެވެ. އަދި އެންމެ ކުޑަމިނުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރު ނުކުޅެދިފައިވާކަން ޑޮކްޓަރުން ފާހަގަކުރިއެވެ.
ޕަންޖާބުގެ ހެލްތު ޑިޕާޓްމަންޓުން ބުނީ އިސްތިއުފާ ދީފައިވަނީ ސަރުކާރުގެ ޑޮކްޓަރީކަން ކިޔަވާ ހޮސްޕިޓަލެއްގެ ވަރަށް އާ ޑޮކްޓަރުންތަކެއް ކަމަށެވެ. ޑޮކްޓަރުންގެ މި ނިންމުމާއެކު އެގައުމުން އިތުރު ޑޮކްޓަރުންތަކެއް އިސްތިއުފާ ދީފާނެކަމުގެ ބިރު އޮތްކަމަށް ޕަންޖާބު ހެލްތު މިނިސްޓަރު ޔަސްމިން ރަޝީދު ވަނީ ފާހަގަ ކުރައްވައިފައެވެ.
ޕާކިސްތާނުގައި ސިއްހި ދާއިރާގައި މަސައްކަތް ކުރާ 70 އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވާއިރު އެދާއިރާއިން 5000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހިފައިވާކަން ވަނީ ރެކޯޑު ކުރެވިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ