ކ. ކާށިދޫން ފުރި ބޯޓެއް އިންޖީނު ހުއްޓިގެން އަޑިޔަށް ގޮސް، ކަނޑުވި މީހުން ފެނިފައިވާ ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބައި ފެނިގެން ކޯސްޓްގާޑުގެ ލޯންޗަކަށް ނަގާފައިވާ ކަމަށެވެ. ކަނޑުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ބިދޭސީއެއް ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމީހުން ސަލާމަތް ކުރުމަށްފަހު ޅ. މާފިލާފުއްޓަށް މިހާރު ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، ފަސް މީހުންނާއެކު މާލެއިން ފުރައިގެން ހއ. ދޮނަކުޅިއަށް ދަތުރުކުރި "ފަތޮޅު" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ގޮސްގެން ރިޕޯޓުކޮށްފައިވަނި މިއަދު މެންދުރު 12:29 ގައި ކަމަށެވެ.

އެ އެބޯޓު އަޑިޔަށް ދިޔައީ ކާށިދޫގެ އުތުރުން ނުވަ މޭލު ބޭރަށް އިންޖީނު ހުއްޓި، އެއް ފަރާތަށް އަރި އަޅާލައިގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.