ދުނިޔެއަކީ ތަފާތު ތަނެކެވެ. އިއްޔެ މިތާ ކަންކަން ހިނގާ ގޮތަށް މާދަމާ ކަންކަން ނުހިނގައިފާނެއެވެ. އިއްޔެ އަހަރެމެންނަށް ރީތި ވި އެއްޗެއް މިއަދު ރީތި ނުވެދާނެއެވެ. އިއްޔެ އަހަރެމެންނަށް އަޅައިލައި އޯގާތެރި ވި އެކުވެރިން މިއަދު އަހަރެމެންގެ ހަތުރުންނަށް ވެދާނެއެވެ. ބުނަން މިއުޅޭ ވާހަކައަކީ މިދުނިޔެއަކީ އެއްވެސް އިތުބާރެއް ނެތް ތަނެއް ކަމެވެ. މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ.
ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އޭނާގެ އެކުވެރިންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އަހަރެމެންނަށް އެކިކަހަލަ މީހުންނާ ދިމާވާނެއެވެ. ތަފާތު އެކި މިޒާޖުގެ އަހަރެމެންނާއި ވަރަށް ތަފާތު ވިސްނުން ގެންގުޅޭ މީހުންނާވެސް ދިމާވާނެއެވެ. އަހަރެމެންގެ އެކުވެރިންގެ ގޮތުގައި އަބަދު ތިބޭނީ އެއްބައެއް ނޫނެވެ. އެންމެ ކުޑައިރު ގާތް ރަހުމަތްތެރިންގެ ގޮތުގައި ގެންގުޅުނު މީހުން މިއަދު އެ މަގާމަކު ނުތިބޭނެއެވެ. ސުކޫލު ދައުރުގައި އިތުބާރު ކޮށްފައި ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ކޮށްދިން އެކުވެރިންނަށް މިއަދަކު އެ އިތުބާރު ނުކުރެވިދާނެއެވެ.
ޝައްކެއްވެސް ނެތެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. އެހެންނަމަވެސަ އެ ގުޅުން ގަދަފަދަ ގުޅުމަކަށް ވަނީ އަހަރެމެން އެކުވެރިންގެ ގޮތުގައި ހެޔޮހަލަފާ ރަނގަޅު މީހުން އިހުތިޔާރުކޮށްގެންނެވެ. އެކުވެރިން އިހުތިޔާރު ކުރަންވާނީ ވަރަށް ވިސްނައިފައެވެ. ދިމާވާ ކޮންމެ މީހަކަށް ދެތިން ދުވަސްތެރޭގައި އިތުބާރު ކޮށްފައި، ހުރިހާ ވާހަކަތަކެއް ހިއްސާ ކުރާނަމަ ބޮޑު ލަނޑެއް ލިބިދާނެއެވެ. ސަބަބަކީ އެއްވެސް މީހަކަށް އެހާ އަވަހަށް އިތުބާރު ކުރާން ނުވާނެތީއެވެ. ގިނަ ފަހަރަށް ތިބާ ވައްޓައިލަން އަނދަވަޅު ކޮންނާނީވެސް އެންމެ ގާތުގައި ތިބޭ މީހުންނެވެ.
ތިބާ އެންމެ އިތުބާރުކޮށްފައި، ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ކިޔައިދޭ ރައްޓެހިން އެވާހަކަތައް އެންމެންގެ ތެރޭގައި ފަތުރަައިފާނެއެވެ. ތިބާއަށް އެންމެ ހެޔޮއެދޭ މީހާގެ ގޮތުގައި ހުރެގެން ހުރިހާ ގޯސްތައް ހަދާ މީހަކީވެސް އެންމެ ގާތް އެކުވެރިޔާއަށް ވެދާނެއެވެ. އިންސާނުންނަކީ އަޑި ނޭނގޭ ބައެކެވެ. އެމީހުންނަށް ދެލޯ މަރާފައި އިތުބާރު ކުރާކަށް ނުވާނެއެވެ. ގިނަ މީހުންނަކީ ބޭރުފުށުން ހިނިތުންވެ، އެތެރެފުށުން ނަފްރަތު ކުރާ މީހުންނެވެ. މިއަދު ތިބާ އެންމެ ގާތް އެކުވެރިޔާ ގޮތުގައި ތިޔަގެންގުޅޭ މީހަކީ މާދަމާގެ ހަތުރަކަށް ވެދާނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް