ރާއްޖޭގައި ފިނިކުރި ކާބޯތަކެތީގެ ބާވަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުނި، ކުކުޅު ފިހާރައިގެ ޝޯ ރޫމެއް އއ. ތޮއްޑޫގައި ހުޅުވައިފި އެވެ.

ތޮއްޑޫގައި ކުކުޅު ފިހާރައިގެ ޝޯ ރޫމެއް ހުޅުވާފައިވަނީ އިއްޔެއެވެ.

ކުކުޅު ފިހާރައިގެ މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، އެ ކުންފުނީގެ ފިހާރައެއް ތޮއްޑޫގައި ހުޅުވީ އެ ސަރަހައްދުގެ ރަށްތަކަށް ފަސޭހަކަމާއެކު ފިނިކުރި ކާބޯތަކެތި ފޯރުކޮށްދިނުމަށް ކަމަށާއި މި ޝޯ ރޫމް ސަބަބުން، އއ. އަތޮޅުގެ ގިނަ ބަޔަކަށް ތާޒާކަމާއެކު ހެޔޮއަގުގައި ފިނިކުރި މަހުގެ ބާވަތްތައް ލިބޭނެ ކަމަށެވެ.

މިއީ ކުކުޅު ފިހާރައިން އަތޮޅުތެރޭގައި ހުޅުވި ފުރަތަމަ ޝޯ ރޫމް އެވެ. މާލެ އާއި ހުޅުމާލޭގައި އެ ކުންފުނީގެ 3 ފިހާރަ މިހާރުވެސް ހުރެއެވެ. ނަޝާތު ވިދާޅުވީ، މިމަހުގެ ތެރޭގައި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުކުޅު ފިހާރައިގެ ޝޯ ރޫމްތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ

ކުކުޅު ފިހާރައިގެ ވެބްސައިޓް، މެދުވެރިކޮށް ހޯލްސޭލްކުރަންވެސް ފަށައިފައިވާއިރު، ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުރާ ކަސްޓަމަރުންނަށް ޑެލިވަރީގެ ހިދުމަތް ވެސް ކުކުޅު ފިހާރައިން ހިލޭ ފޯރުކޮށްދޭނެ އެވެ. އެގޮތުން، ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓު އެންގުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ. 500ރ. އިން މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެ އެވެ.

ކުކުޅު ފިހާރައިން ބުނީ އެތަނުގެ އެންމެ ބޮޑު އަމާޒަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހެޔޮ އަގެއްގައި ފިނިކުރި ތަކެތި ތާޒާކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ. ކަސްޓަމަރުންނަށް އަމާޒުކޮށްގެން އެތަނުން އެކި ޕްރޮމޯޝަންތައް ކުރިޔަށް ގެންދާއިރު މިދިޔަ މޭ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފޭސްބުކްގައި ކުކުޅު ފިހާރަ އީ-މޯލް އިން އަންނަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އެ ފިހާރައިގެ ޕޭޖުގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

މީގެ އިތުރުން ކުކުޅު ފިހާރަ އިން ކުކުޅުގެ ބާވަތްތަކުން "ކަރީ ކަޓް" ވެސް މިފަހުން ވަނީ ތައާރަފު ކޮށްފަ އެވެ. ކުކުޅު ފިހާރައިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކުމަށް ހުރިހާ ސައިޒަކުން ކަރީ ކަޓް ތައާރަފު ކުރުމާއެކު ވިޔަފާރިވެރިންގެ ވަގުތު ބޮޑުތަނުން ސަލާމަތް ވާނެކަމަށާއި ކުކުޅު ކޮށައިގެން ވިއްކުމަށް ކުދި ވިޔަފާރިތަކުން ދެން އިތުރަށް ފައިސާ ހަރަދުކުރަން ނުޖެހޭނެ ކަމަށެވެ.

ކުކުޅު ފިހާރަޔާ ބެހޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް 9986575 ގުޅުމުން އެމައުލޫމާތު ލިބޭނެ ކަމަށް އެ ފިހާރައިން ބުނެއެވެ.