ހަޝޯގީ ކޮންސުލޭޓަށް ވަނުމުން އަވަން ދޮން ކުރުމަށް އެންގިކަމަށް ޓެކްނީޝަނު ބުނެފިއެވެ.
މިދިޔައަހަރުގެ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލްގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ، ޖަމާލް ހަޝޯގީގެ މަރުގެ ތަހުގީގު ނިމި ތުރުކީން ވަނީ ޝަރީއަތް ފަށައިފައެވެ.
ޝަރީއަތުގެ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތް ހާމަކުރަމުން ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ޓެކްނީޝަން ޒެކީ ޑެމީރް ވަނީ ކޮންސިއުލޭޓް ތެރެއިން ބިރުވެރިކަމުގެ އިހުސާސު ކުރުވި ކަމަށާއި ކޮންސިއުލޭޓް ތެރޭގައި ތިބި ހަ މީހަކު އޭނާއަށް އެންގީ އެތަނުގައި ހުންނަ ބޮޑު އަވަން ހޫނު ކުރުމަށް ކަމަށެވެ.
ތުރުކީގެ އޮފިޝަލުން ވަނީ ހަޝޯގީ ނޭވާ ހާސްކޮށްގެން މަރާލުމަށްފަހު ހަށިގަނޑުގެ ބައިތައް ބުރިބުރި ކޮށްލައި އަންދާލާފައި ވާ ކަމަށް ބުނެފައެވެ.
ހަޝޯގީގެ މަރުގެ ފަހަތުގައި ސައުދީގެ އިސްފަރާތްތަކެއް ވާ ކަމަށް ތަހުގީގުން ވަނީ ހާމަވެފައެވެ. ތަހުގީގުން ހާމަވެފައިވާ ގޮތުގައި ހަޝޯގީ މަރާލުމަށް ސައުދީން 18 މީހުންގެ ޓީމެއް ތުރުކީއަށް ގޮސްފައި ވެއެވެ.
ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ އޭރު ވަނީ އަހަރެއްހައި ދުވަސްވެފައެވެ.
ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ