ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރެއިޝީ ވަނީ ކޮވިޑަށް ޕޮޒިޓިވް ވިކަން އާންމުކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. ގުރެއިޝީގެ ޓްވީޓުގައި ވަނީ ކުޑަކޮށް ހުމުގެ އަސަރު ހަށިގަނޑުން ފެނުމާއެކު ކޮވިޑަށް ޓެސްޓު ކުރެއްވިކަމަށާއި ނަތީޖާ ޕޮޒިޓިވްވެ ވެފައިވާ ކަމަށެވެ.
ގުރެއިޝީ ވިދާޅުވީ މިހާރު ހުންނެވީ ގޭގައި ކަރަންޓީނު ވެވަޑައިގެން ކަމަށެވެ. އަދި ކުރަން ހުރި ހުރިހާ މަސައްކަތްތައްވެސް ގެއިން ކުރައްވާގޮތަށް ބަދަލު ކުރައްވާފައިވާކަމަށެވެ.
މީގެ ކުރިން ޕާކިސްތާނުގެ ކުރީގެ ދެ ބޮޑުވަޒީރަކުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އިދިކޮޅު ލީޑަރާއި ކެބިނެޓްގެ ބައެއް މެންބަރުންގެ އިތުރުން ސިޔާސީ އިސްފަރާތްތަކެއްވެސް ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ. މީގެތެރެއިން ގިނަ ބަޔަކު މިހާރު ބަލިން ފަސޭހަވެފައިވާކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ޕާކިސްތާނުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދެލައްކައަށްވުރ މައްޗަށް އަރާފައިވާއިރު އެގައުމުން މިހާތަނަށް 4551 މީހުން މިބަލީގައި މަރުވެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ