މުނިފޫހިފިލުވުން

ކޮރިއޮގްރާފަރު ސަރޯޖު ހާން މަރުވެއްޖެ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ ގިނަ ލަވަތަކެއް ކޮރިއޮގްރާފް ކޮށްދީފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ސަރޯޖު ހާން މަރުވެއްޖެއެވެ.

އޭނާގެ ދަރިފުޅު ސުކައިނާ ހާން އާ ހަވާލީ އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވާގޮތުގައި ސަރޯޖު މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. ސަރޯޖު މަރުވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.

ސަރޯޖު އުފަންވީ ނިރުމަލާގެ ނެގްޕާލަށެވެ. އޭނާ ފުރަތަމަ އިންޑިއަން ފިލްމު އިންޑަސްޓްރީއާ ގުޅުނީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައެވެ. އެގޮތުން ފިލްމު ނަޒަރަނާ ގައި ވަނީ ޝައިމާގެ ރޯލު ކުޅެފައެވެ. 1950 ގައި ސަރޯޖު ވަނީ ބެކްގްރައުންޑު ނެށުންތެރިއެއްގެ ގޮތުގައި ބިމާލު ފަދަ ފިލްމުތަކުގައި ހަރަކާތްތެރި ވެފައެވެ.

ފަހުން އެސިސްޓެންޓް ކޮރިއޮގްރާފަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށްފަހު 1974 ވަނަ އަހަރު ގެނެސްދިން ގީތާ މެރެ ނާމް ކިޔާ ފިލްމެއްގައި އަމިއްލައަށް ކްރޮއެގްރާފު ކޮށްދިނެވެ.