އެމެރިކާގައި އެއްދުވަސްތެރޭ ބައިލައްކަ ކޮވިޑް ކޭސް ފެނިއްޖެއެވެ.
ކޮވިޑް ފެތުރެން ފެށި ފަހުން މިއީ އެމެރިކާގައި އެއްދުވަސްތެރޭ ކޮވިޑަށް ޕޮސިޓިވް ވި މީހުން އެންމެ ގިނައިން ފެނުނު ދުވަހެވެ. މިދިޔަ މަހުވެސް އެމެރިކާގައި ބައެއް ދުވަސްތަކުގައި ދުވާލަކަށް 22،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެފައި ވީ ނަމަވެސް އެމެރިކާގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާކަމަށް އެގައުމުގެ އިންފެކްޝަސް ޑިޒީސް އެކްސްޕާޓް ފައުސީ ވަނީ ވިދާޅުވެފައެވެ. ފައުސީ ވަނީ މިހާރު އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި މީހުންގެ އުޅުމަށް ބަލާނަމަ ދުވާލަކު ލައްކައަކަށްވުރެން ގިނަ ކޭސް ފެންނާނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ދެބައިކުޅަ އެއްބަޔަށްވުރެން ގިނަ ސިޓީތަކުން ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު ބޮޑެތި ސިޓިތަކުގައި ވަނީ ކޮންޓްރޯލް ނުވާ ދަރަޖައަށް ފެތުރެން ފަށައިފައެވެ.
އެމެރިކާގައި ކޮވިޑް އަށް ޕޮޒިޓިވް ވި ޖުމުލަ މީހުންގެ އަދަދު ދެ މިލިއަނަށްވުރެން މައްޗަށް ގޮސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ