ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގެ ދިހަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ 2020 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިންގެ ދިހަ އެވޯޑަކަށް ރާއްޖެ ނޮމިނޭޓް ވެފައިވާ ކަމަށެވެ. އިންޑިއަން އޯޝަންސް ލީޑިން ކެޓަގަރީގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ކެންޔާގެ، ކެންޔާޓާ އިންޓަނޭޝަންލް ކޮންވެންޝަން ސެންޓަރުގައި، އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
- އިންޑިއަން އޯޝަންސް ލީޑިން އެޑްވެންޗާ ޓޫރިޒަމް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ކުރޫޒް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2020
- އިންޑިއަން އޯޝަންސް ލީޑިން ޓުއަރިސްޓް ބޯޑް 2020
- އިންޑިއަން އޯޝަންސް ލީޑިން ވެޑިން ޑެސްޓިނޭޝަން 2020
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ހާއްސަ މެހެމާންދާރީއެއް އަބަދުވެސް އަދާކުރަމުން އަންނަ ގައުމެއް ކަމަށެވެ. މިފަދަ އެވޯޑްތައް ލިބުމަކީ ރާއްޖެއާ ދޭތެރޭ ފަތުރުވެރީންގެ މެދުގައި އޮންނަ ލޯތްބާއި މަގުބޫލުކަން އަންގައިދޭ ކަމެއް ކަމަށެވެ.
ރާއްޖެއަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. ރާއްޖެއަށް ވޯޓު ދިނުމަށް https://www.worldtravelawards.com/register ލިންކު ބޭނުން ކުރުމަށް އެމްއެމްޕީއާރްސީން ވަނީ އެދިފައެވެ. ވޯޓު ދިނުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 22 ވަނަ ދުވަހެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ވަނީ ނިންމައިފައެވެ. އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު މިފަދަ އެވޯޑްތަކެއް ލިބުމަކީ ރާއްޖެ ފަތުރުވެރިންގެ މެދުގައި އިތުރަށް މަގުބޫލު ވެގެންދާނެ ކަމެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް ރާއްޖެއިން ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ލީޑިން ކެޓަގަރީން ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑާއި އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން އަދި ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން ހިމެނެއެވެ.
ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރުން ފެށިގެން ދޭން ފެށި މި އެވޯޑްގެ މަގުސަދަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލުކުރާ ފަރާތްތައް ފާހަގަކުރުމެވެ. އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ އެވޯޑުތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބަލައިގަންނަ އެވޯޑަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު