ރާއްޖެއިން ފެނުނު ކަމަށް މީގެ ކުރިން ރެކޯޑް ކުރެވިފައި ނުވާ ބާވަތެއްގެ ދޫންޏެއް މ. މުލިން ފެނިއްޖެއެވެ.
އެންވަޔަރަމަންޓް ރެގިއުލޭޝަން އޮތޯރިޓީ (އީއާރުއޭ) އިން މި މަހުގެ 20 ވަނަ ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނީ ރާއްޖެއިން އަލަށް ފެނިފައިވަނީ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ނަމަކަށް ކިޔާ ދޫންޏެއް ކަމަށެވެ.
އީއާރްއޭއިން ބުނި ގޮތުގައި އެ ދޫނި ފެނިފައިވަނީ މ. އަތޮޅުގައި ތިމާވެށީގެ ގޮތުން މުހިންމު އަދި ހިމާޔަތްކުރެވިދާނެ ސަރަހައްދުތައް ދެނެގަތުމަށް 2024 ވަނަ އަހަރު އޮކްޓޯބަރު 26-30 އަށް ކުރިއަށް ގެންދިޔަ އިކޮލޮޖިކަލް ސާވޭއެއްގައި އުޅެނިކޮށް މުލީގެ ދަނޑުވެރިކަން ކުރާ ސަރަހައްދުން ކަމަށެވެ.
އީއާރުއޭއިން ބުނެފައިވާ ގޮތުގައި މި ދޫންޏަކީ އާންމު ގޮތެއްގައި ޔޫރަޕާއި މެދުތެރޭ އޭޝިއާ އާއި އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ އުސް ސަރަހައްދުތަކުގައި އުޅޭ ދޫންޏެކެވެ.
އީއާރްއޭއިން އިތުރަށް ބުނީ، ރާއްޖެ ފަދަ ބިން ތިރި ގައުމަކަށް އެހާ އުހުގައި ދިރިއުޅޭ ދޫންޏެއް އައުމަކީ ތިމާވެށީގެ ގޮތުން ވަރަށް ހާއްސަ އަދި އާދަޔާ ހިލާފު ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.
އަލީ ޔާމިން
ކޮމެންޓް