އެންމެ ފަސް ދުވަސް ތެރޭގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލި ކެރެޓު ލިބުން ދަތިވެއްޖެއެވެ.

"ވަން" ގެ ނޫސްވެރިން މީގެ ފަސް ދުވަސް ކުރިން ބާޒާރުގެ އަގުތައް ބެލިއިރު ކެރެޓު ކިލޯއެއް ލިބެން ހުރީ 35-40 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ރާއްޖެއަށް ތަރުކާރީ އާއި މޭވާ އެތެރެކޮށް ވިއްކާ "އުފަންވެލި" ފަދަ ތަންތަނުގައިވެސް ކެރެޓު ކިލޯއެއް މީގެ ފަސް ދުވަސް ކުރިން ލިބެން ހުރީ ދާދި އެ އަގުގައެވެ.

"ވަން"ގެ ނޫސްވެރިން މިއަދު ބާޒާރުގެ އަގުތައް ބެލި އިރު، ކެރެޓު ކިލޯއެއްގެ އަގު ވަނީ 170 ރުފިޔާ އިން މައްޗަށް އަރައިފައެވެ.

ކެރެޓުގެ އަގަށް އައި ބަދަލު (ފަސް ދުވަސް)

  • 18 ނޮވެންބަރު 30-45ރ އަށް ކިލޯ
  • 19 ނޮވެމްބަރު 60-70ރ އަށް ކިލޯ
  • 20 ނޮވެންބަރު 90-110ރ އަށް ކިލޯ
  • 21 ނޮވެންބަރު 100-140ރ އަށް ކިލޯ
  • 22 ނޮވެންބަރު 120-175ރ އަށް ކިލޯ

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައި ބަލާއިރު، މިދިޔަ އޮކްޓޫބަރު މަހު ވެރިރަށް މާލޭގައި އަސާސީ ތަކެތީގެ އަގު ނުވަ ޕަސެންޓް ވަނީ އުފުލިފައެވެ.