މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ 28 ވަނަ ދުވަހެވެ. މިއަދުވެސް ބާޒާރުގައި ގިނަ ބާވަތްތައް ލިބެން ހުރިއިރު އިއްޔެއާއި އަޅައިބަލާއިރު ގިނަ ބާވަތްތަކުގެ އަގު ވަނީ ހެޔޮވެފައެވެ. ނަމަވެސް މަސް މާރުކޭޓުގައި މަހުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކަނޑުމަހުގެ އަގު ވަނީ ކިލޯއަކުން 10 ރުފިޔާ އުފުލިފައެވެ. ފަރުމަހުގެ ބާވަތްތަކުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ފަނިގިރާ ބާވަތްތަކުގެ އަގުތައް:
- ކަރާ: 35 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 40 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 35 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 65 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 140 ރުފިޔާ ރުފިޔާއަށް ކިލޯއެއް
- ކުރުނބައެއް 40-50 ރުފިޔާއަށް
- ފެޝަން ފުރުޓް: 70 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 60 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: 190 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: 10 ރުފިޔާއަށް
- މެންޑްރިން: 80-85 ރުފިޔާއަށް ކިލޯއެއް
- އަންނާރު: 120 ރުފިޔާއަށް ކިލޯއެއް
- އާފަލެއް: 8-10 ރުފިޔާއަށް
- މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
- އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
- ބޭރު އަނބު: 75 ރުފިޔާއަށް ކިލޯއެއް
ތަރުކާރީ އާއި ފަތްޕިލާވެލީގެ އަގުތައް:
- އަލުވި: 25-30 ރުފިޔާއަށް ކިލޯއެއް
- ކިއުކަމްބާ: 35 ރުފިޔާއަށް ކިލޯއެއް
- ބަށި: 55 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 60 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 55 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 50 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 180-200 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 150-200 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 35 ރުފިޔާއަށް ކިލޯއެއް
- ކެޕްސިކަމް: 40 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 30-40 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 35 ރުފިޔާއަށް ކިލޯއެެއް
ފަތްޕިލާވެއްޔާއި ކާށީގެ އަގުތައް
- ކަންކުން: 12-15 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 5 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 15-25 ރުފިޔާއަށް
- ގަބުޅިއެއް: 20 ރުފިޔާއަށް
މަސްމާރުކޭޓުގެ އަގުތައް
- ކަނޑުމަސް 40 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 40-45 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 70 ރުފިޔާއަށް މަހެއް
- ހަންޖެއް: 220-240 ރުފިޔާއަށް
- ރަތްމަސް: 115 ރުފިޔާއަށް ކިލޯއެއް
- މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
- ގިނިމަސް: 80 ރުފިޔާއަށް ކިލޯއެއް
- ކުރުމަސް: 45ރ އަށް ކިލޯއެއް
އަލީ ޔާމިން
ބާޒާރުމަތި
ބާޒާރުމަތި
ބާޒާރުމަތި