ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ކައުންސިލުތަކުން އައްޔަން ކުރަންޖެހޭ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10:00ގައެވެ. އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00އާ ހަމައަށް ކުރިއަށްދާނެއެވެ.
މި އިންތިހާބުގައި ވޯޓުލާނީ ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިހާބު ކުރާ މެންބަރެއް ހޮވުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިހާބު ކުރާ މެންބަރެއް ހޮވުމަށެވެ.
ރަށު ކައުންސިލް މެންބަރުންގެ ތެރެއިން އެލްޖީއޭ ބޯޑަށް ކުރިމަތިލާފައިވަނީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އަދި ނ. މަނަދޫ ކައުންސިލް ރައީސް އަލީ ތޯފިރުއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން ކުރިމަތިލީ ލ. ގަމު ރައީސް މަރްޔަމް ނީނާ އަދި ށ. ފުނަދޫ ރައީސް މަރްޔަމް ޒީނާއެވެ.
މި ބޯޑަށް ސިޓީ ކައުންސިލުގެ ތެރެއިން އިންތިހާބުކުރަންޖެހޭ މަގާމަށް ކުރިމަތިލީ ހަމައެކަނި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެެވެ. އެހެންވެ، އެ މަގާމަށް އޭނާ ވަނީ ވޯޓަކާނުލާ އިންތިހާބުވެފައެވެ.
މި އިންތިހާބުގައި މާލެ ހިމެނޭހެން 19 އަތޮޅެއްގައި ވޯޓުފޮށި ބަހައްޓާފައިވެއެވެ. މާލޭގައި ވޯޓުފޮށި ބަހައްޓާފައިވަނީ އެލްޖީއޭގައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 807 ފަރާތަކަށް ލިބިފައިވެއެވެ. އެއީ ކައުންސިލްތަކުގެ 625 ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 182 ރައީސުންނަށެވެ.
އެލްޖީއޭ
އެލްޖީއޭ
އެލްޖީއޭ
ކޮމެންޓް