ދުނިޔޭގެ 67 ގައުމެއްގައި 1،000 އަށްވުރެ ގިނަ ޝޯރޫމް ހިންގަމުން އަންނަ، އަދި ފެންވަރު ރަނގަޅު ފަރުނީޗަރު ހެޔޮ އަގުގައި ފޯރުކޮށްދޭ "ލިންސީ" ބްރޭންޑުގެ އާ ޝޯރޫމެއް އެސްޓާސް އިން މާލޭގައި ހުޅުވައިފިއެވެ.

އެސްޓާސް ޝޯރޫމްގެ ފަސް ވަނަ އަދި ހަ ވަނަ ފަންގިފިލާގައި ހުޅުވި މި ފިހާރައިން ވިއްކާ ފަރުނީޗަރުތަކުން، ފުރަތަމަ 30 ދުވަހުގެ ނިޔަލަށް 20 ޕަސަންޓު ނުވަތަ އެއަށްވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެއެވެ.

މި ޝޯރޫމް މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގެ ހުރިހާ ބަޔަކަށް ބޭނުންވާނެ ފަރުނީޗަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

13 އޮކްޓޫބަރ 2026، އެސްޓާސްއިން މާލޭގައި "ލިންސީ ހޯމް" ގެ ޝޯރޫމް ރަސްމީކޮށް ހުޅުވުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މީގެ ތެރޭގައި ސޯފާ، އެނދު، ކާ މޭޒު ސެޓު، އަލަމާރި، ކުޑަކުދިންގެ ފަރުނީޗަރު އަދި އޮފީސް ފަރުނީޗަރު ހިމެނެއެވެ.

"ލިންސީ" އަކީ މިދިޔަ 13 އަހަރު ދުވަހު މެދުނުކެނޑި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އޭޝިއާގެ އެންމެ ނުފޫޒުގަދަ 500 ބްރޭންޑުގެ ތެރޭގައި ހިމެނިފައިވާ ކުންފުންޏެކެވެ.

"ލިންސީ" ގެ ޝޯރޫމްތައް ހުރި ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ފިލިޕީންސް، ބުރުނާއީ، ޕެނަމާ، ޓްރިނިޑާޑް އަދި ޓޮބޭގޯ ފަދަ ގައުމުތައް ހިމެނެއެވެ.

13 އޮކްޓޫބަރ 2026، އެސްޓާސްއިން މާލޭގައި "ލިންސީ ހޯމް" ގެ ޝޯރޫމް ރަސްމީކޮށް ހުޅުވުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"ލިންސީ" މައިގަނޑު އަމާޒަކީ ދިރިއުޅުން ފުރިހަމަކޮށްދިނުން، "މޭކް ލައިފް ބެޓާ" އެވެ.

ދިވެހި ކަސްޓަމަރުންނަށް މިހާރު ލިބިގެންދާނެ މުހިންމު ފައިދާތައް

  • ފުރިހަމަ ގެދޮރަކަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން: ސިޓިން ރޫމް، ނިދާ ކޮޓަރި، ކާގެ، ކުޑަކުދިންގެ ކޮޓަރި އަދި ހޯމް އޮފީހަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއްގެ ފުރިހަމަ ކަލެކްޝަންތައް ލިބެން ހުންނާނެ
  • އަބަދުވެސް އާ އުފެއްދުންތައް: ލިންޒީ ބްރޭންޑުން ކޮންމެ މަހަކު ގާތްގަނޑަކަށް 200 އާ އުފެއްދުން ބާޒާރަށް ނެރޭ. މިއާއެކު، ޒަމާނީ ފަރުމާތަކަށް ފެތޭ 10,000 އަށްވުރެ ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ
  • ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ފަރުމާތައް: މޮޑަން މިނިމަލިސްޓް، ނޯޑިކް، ނިއޯ-ޗައިނީޒް އަދި ވާބީ-ސާބީ ފަދަ، މީހުން އާންމުކޮށް ދިރިއުޅޭ ގޮތްތަކަށް ރިއާޔަތްކޮށް ފަރުމާކޮށްފައިވާ ހިތްގައިމު ސްޓައިލްތައް ހިމެނޭ
  • ފެންވަރު ރަނގަޅު މާއްދާތައް: މަތީ ފެންވަރުގެ ލެދާ، ވަރުގަދަ ލަކުޑި، ނިއުޒީލޭންޑް ޕައިން ލަކުޑީގެ އޮނިގަނޑު، ސިންޓާޑް ސްޓޯން، ބެކްޓީރިއާއިން ރައްކާތެރިކޮށްދޭ ފޮތި އަދި ސްކްރެޗް-ރެސިސްޓަންޓް ލެދާ ފަދަ ތަކެތި ބޭނުންކޮށްފައިވޭ
  • ޔަގީންކަމާއި އިތުބާރު: މި ބްރޭންޑުގެ އުފެއްދުންތަކަކީ ފެންވަރު ބެލުމުގެ ހަރުދަނާ ޓެސްޓުތަކުން ފާސްވެ، ބައިނަލްއަގުވާމީ ސެޓްފިކެޓްތައް ލިބިފައިވާ ތަކެތި

އެސްޓާސްގެ ޕްރޮޑަކްޓް މެނޭޖަރު ހޭޒަލް ވިދާޅުވީ ލިންސީ ބްރޭންޑަކީ ދުނިޔޭގެ 67 އަށްވުރެ ގިނަ ގައުމާއި ސަރަހައްދުތަކުގައި އިތުބާރު ހޯދާފައިވާ ބްރޭންޑެއް ކަމަށާއި މި ބްރޭންޑް ރާއްޖެއަށް ތައާރަފުކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

13 އޮކްޓޫބަރ 2026، އެސްޓާސްއިން މާލޭގައި "ލިންސީ ހޯމް" ގެ ޝޯރޫމް ރަސްމީކޮށް ހުޅުވުން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު މުޅި ގެދޮރު ފަރުމާކޮށްލެވޭނެ ހިތްގައިމު، ފެންވަރު ރަނގަޅު އަދި އަގުހެޔޮ ފަރުނީޗަރު ލިބިގެންދާނެ." ހޭޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ލިންސީ މުދާ ބައްލަވާލެއްވުމަށް www.astersonline.com

ލިންސީގެ އިތުރު އުފެއްދުންތައް ބައްލަވާލެއްވުމަށް www.linsydirect.com