މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ކަމުގެ ތުހުމަތަށް ހ. މާދޫގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް މިއަދު އަތުލައިގެންފިއެވެ.
ބަނގުރަލުގެ ބޮޑު އޮޕަރޭޝަނެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހ. މާދޫގެއަށް ވަދެ، އެ ގޭގެ ފުރަތަމަ ފްލޯ އާއި ފަސް ވަނަ ފްލޯ ބަލައި ފާސްކޮށްފައެވެ. މިއީ ބަނގުރަލުގެ މައްސަލައެއްގައި އެ ގެ ބަލައި ފާސްކުރި ފުރަތަމަ ފަހަރެވެ.
އެ އޮޕަރޭޝަން މިހާރުވެސް ކުރިއަށް ގެންދާއިރު، މީގެ އިރުކޮޅެއް ކުރިން މާދޫގޭ ކައިރީގައި ހުންނަވައި، އެ އޮޕަރޭޝަންގެ މައުލޫމާތު ދެއްވަމުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ އެ އޮޕަރޭޝަނަކީ މާލެތެރެއަށް ފުޅާ ދާއިރާއަކަށް ބަނގުރާ ފޯރުކޮށްދެމުން އަންނަ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ނޫސްވެެރިންނަށް މައުލޫމާތު ދިނުމަށް ފަހު ފުލުހުން ވަނީ އެތަނަށް ނޫސްވެރިން ވައްދައި އަތުލައިގަތް ބަނގުރާގެ ބާވަތްތައް ވެސް ދައްކާލައިފައެވެ. އެގޮތުން އެ ގޭގެ ފުރަތަމަ ފްލޯގައި ގިނަ އަދަދެއްގެ ބަނގުރާ ހުރި އިރު ބަނގުރާ ކޭސްތައްވެސް ހުއްޓެވެ. އަދި އެކި ބްރޭންޑުގެ ބަނގުރާ ހުއްޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ ގޭގެ ފަސްވަނަ ފްލޯއިންވެސް ގިނަ އަދަދެއްގެ ބަނގުރާ ފެނިފައިވެއެވެ.
ފުލުހުން ވަނީ އެ ގެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.
ފުލުހުން ވަނީ މާލެތެރޭގައާއި އަދި ރަށްރަށުގައި ބަނގުރާ ގެންގުޅެ ވިޔަފާރި ކުރަމުންދާ ފަރާތްތައް ދެނެގަތުމަށްޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް