ސައްހަނޫން ޓްރާންސްފާ ރިކުއެއްޓެއް ތައްޔާރުކޮށް، ބޭންކް އޮފް ސިލޯންގެ ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ޓްރާންސްފާ ކުރި، އެ ބޭންކުގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު ޖަަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރިއެވެ. އެއީ ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއް މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާއެވެ.
ސައްހަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ، ބޭންކް އޮފް ސިލޯނުގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރު އަދި ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމުގައި ހުރެ މ. މާހިންނަ ހަސަން ވަހީދު އެ ބޭންކުގެ ކަސްޓަމަރެއް ކަމުގައިވާ އާމިނަތު ޝިޒްލީންގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓުން 150،000 ޔޫއެސްޑޮލަރު ޓްރާންސްފާ ކުރުމަށް އާމިނަތު ޝިޒްލީންގެ ނަމުގައި ފޮނުވާފައިވާ ލިޔުމެއް ކަމަށް ދެއްކުމަށްޓަކައި ޝިޒްލީންގެ ނަމުގައި ސައްހަނޫން ޓްރާންސްފާ ރިކުއެއްޓެއް ތައްޔާރުކުރި ކަމަށެވެ.
މީގެ އިތުރުން ޝިޒްލީންގެ ސޮއި ވެރިފައި ކުރުމަށްފަހު، އެ ޓްރާންސްފާ ރިއުއެސްޓް، ބޭންކުގެ އާރުޓީޖީއެސް ޑިޕާޓްމަންޓްގައި އެ ދުވަހު މަސައްކަތްކުރި އެ ބޭންކުގެ ކްރެޑިޓް އެސިސްޓެންޓް އާމިނަތު ސިމްހާގެ އަތަށްދީ، ފައިސާ ޓްރާންސްފާ ކުރުމަށް އޭނާ ބުނެގެން، އާމިނަތު ސިމްހާ އެ ލިޔުމުގައިވާ ގޮތަށް ޝިޒްލީންގެ އެކައުންޓުން 150،000 ޑޮލަރު އެ ބޭންކުގެ ކަސްޓަމަރެއް ކަަމަށްވާ އަބްދުﷲ ނަފީގް ޕާޝާގެ އެކައުންޓަށް ޓްރާންސްފާ ކޮށްދީފައިވާތީއެވެ.
އެހެން މީހެއްގެ މުދަލެއް މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާ ކުރީ، ޝިޒްލީންގެ އެކައުންޓުން 150،000 ޑޮލަރު އެ ބޭންކުގެ ކަސްޓަމަރެއް ކަަމަށްވާ އަބްދުﷲ ނަފީގް ޕާޝާގެ އެކައުންޓަށް ޓްރާންސްފާ ކުރުމުން، އަބްދުﷲ ނަފީގް ޕާޝާގެ ނަމުގައިވާ ޓްރާންސްފާ ރިއުއެސްޓެއް ހިފައިގެން ގޮސް އެ ބޭންގައި މަސައްކަތްކުރާ ކްލާކް ގްރޭޑް ތިނެއް، އާދިލާ ޔޫސުފް އަތަށް އެ ރިކުއެސްޓް ދިނުމުން އާދިލާ ޔޫސުފް އެ ރިކުއެސްޓްގައިވާގޮތަށް އަބްދުﷲ ނަފީގް ޕާޝާގެ އެކައުންޓުން 150،000 ޑޮލަރު ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި އޮންނަ އެކައުންޓަކަށް ޓްރާންސްފާ ކޮށްފައިވާތީއެވެ.
މީގެ ތެރެއިން، ސައްހަނޫން ޓްރާންސްފާ ރިކުއެސްޓެއް ތައްޔާރުކޮށް، ބޭންކުގެ މުވައްޒަފުންނަށް އޮޅުވާލައިގެން މި ރިކުއެސްޓާ އެއްގޮތަށް ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ސާބިތުވާތީ، ހަ މަހާއި 18 ދުވަހުގެ މުއްދަތަށް ހަސަން ވަހީދު ޖަލަށް ލުމާއެކު 18،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމްކޮށްފައެވެ.
އެހެން މީހެއްގެ މުދަލެއް މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުމުގެ ދައުވާގައި، ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަަލަށްލުމާއެކު 144،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކަނޑައަޅައި އެ ފައިސާ ހަތަރު މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަން ވަނީ ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
މޯލްޑިވިއަން އެއިރޯ
ކްރިމިނަލް ކޯޓް
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ކޮމެންޓް