ފިހާރައެއްގައި ހުރި، އެހެން ދީންތައް ރަމްޒުކޮށްދޭ ޕޮޓްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ހުޅުމާލެ ފޭސް ދޭއްގައި ހުރި ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތުން އެ ފިހާރަ ބަލައިފާސްކުރުމުގެ ތެރެއިން ކަަށެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ ހަ ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދިޔައީ ކަމަށް ފުލުހުންބުންޏެވެ.
އިސްލާމްދީން ނޫން އެހެން ދީންތައް ރަމްޒުކޮށްދޭ، ނުވަތަ ޕްރޮމޯޓު ކުރާ ޒާތުގެ އެއްޗެހި ރާއްޖޭގައި ވިއްކުމަކީ މަނާކަމެކެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް