ދުނިޔޭގެ މަޝްހޫރު ޒާރާ ބްރޭންޑުގެ ބާސްމަތީ ރައިސްއަކީ، ކައްކަން ފަސޭހަ، މީރު ވަހެއް އެކުލެވިގެންވުމުގެ އިތުރުން ސިއްހަތަށް ފައިދާ ހުރި ހަނޑުލެކެވެ. ޒާރާ ބްރޭންޑުގެ ބާސްމަތީ ރައިސް ރާއްޖެ އެެތެރެކޮށް ވިއްކަނީ ސޯސަން ފިހާރައިންނެވެ. މި ބްރޭންޑުގެ މައިގަނޑު ހަތަރު ބާވަތެއްގެ ހަނޑޫ ސޯސަންއިން ވަނީ ތައާރަފުކޮށްފައެވެ.
ސޯސަން ފިހާރައިން ލިބެން ހުންނަ ޒާރާ ބްރައުން ބާސްމަތީ ރައިސްއަކީ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ އެއް ބާވަތެވެ. މި ހަނޑުލަކީ އޭގެ ބޭރު ތޮށިގަނޑު ނުނަގައި ހުންނަ ބާވަތަކަށް ވުމުން ހަށިގަނޑަށް ބޭނުންވާ ގިނަ އަދަދެއްގެ މުހިންމު މާއްދާތައް މީގައި އެކުލެވިގެންވެއެވެ. މިއީ ހަކުރު ބަލި ހުންނަ މީހުންނަށާއި ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފައިދާހުރި ބާވަތެކެވެ. މީގެ އިތުރުން މި ހަނޑޫ ކެއްކުމުން ވަރަށް މީރު ވަހެއް ދުވާނެއެވެ.
ޒާރާ ކްލެސިކް ބާސްމަތީ ރައިސްއަކީ އާންމުކޮށް ކޮންމެ ދުވަހަކު ގޭގައި ކައްކާ ކެއުންތަކަށް އެންމެ ރަނގަޅު އެއް ބާވަތެވެ. މި ހަނޑޫ ކެއްކުމުން އޮށްތައް ވަކިވަކިން ހުންނައިރު މިއީ ބިރިޔާނީ އަދި ފްރައިޑް ރައިސް ފަދަ އާންމު ކެއުންތަކަށް ވަރަށް ކަމުދާ ބާވަތެކެވެ. މިއީ މެދު ފަންތީގެ އަގެއްގައި ލިބެން ހުންނަ މަތީ ފެންވަރުގެ ހަނޑުލެކެވެ. މި ބާވަތުގެ ހަނޑޫ ގިނަ ގޭބިސީތަކުން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
ހާއްސަ މުނާސަބަތުތަކަށާއި ބޮޑެތި ޖާފަތްތަކަށް ހާއްސަކޮށްގެން ސޯސަން ފިހާރައިން ވިއްކަނީ ޒާރާ ޕްރިމިއަމް ބާސްމަތީ ރައިސްއެވެ. މި ބާވަތުގެ ހަނޑުލަކީ ވަރަށް ފަރުވާތެރިކަމާއެކު ހޮވާލެވިފައިވާ މޮޅު ހަނޑުލުގެ އޮށްތަކެކެވެ. ކެއްކުމުން މި ހަނޑުލުގެ ދިގުމިން އިތުރުވެ އޭގެ މީރުވަސް މުޅި ތަނަށް ފެތުރިގެންދެއެވެ. މިއީ ރަހަ މީރުކުރުމަށް ހާއްސަ ސަމާލުކަމެއްދޭ ކެއްކުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ބާވަތެކެވެ.
ޒާރާ ސުޕަ ލޯންގް ބާސްމަތީ ރައިސްއަކީ މި ބްރޭންޑުގެ އެންމެ ދިގުކޮށް ހުންނަ ހަނޑުލުގެ ބާވަތެވެ. މިއީ ބަލައިލަން ރީތި އަދި ކެއުމަށް ޝައުގުވެރިކަން އުފައްދައިދޭ ގޮތަށް ކެއްކުމަށް ބޭނުންކުރާ ހާއްސަ ބާވަތެކެވެ. ހާއްސަކޮށް އަރަބި ކެއުންތަކާއި މަތީ ފެންވަރުގެ ރެސްޓޯރެންޓުތަކުގައި ތައްޔާރުކުރާ ފަދަ ކެއުންތަކަށް މިއީ އެންމެ އެކަށީގެންވާ ހަނޑުލެވެ. މި ހަނޑުލުގެ އޮށްތައް ކެއްކުމަށްފަހުވެސް ހަލާކު ނުވެ ރީތިކޮށް ހުރެއެވެ.
މި ހަތަރު ބާވަތުގެ ހަނޑޫވެސް ސޯސަން ފިހާރައިން ހެޔޮ އަގެއްގައި ގަންނަން ލިބެން ހުންނާނެއެވެ. އެ ފިހާރައިން އަންނަނީ ކަސްޓަމަރުންނަށް ބޭނުންވާ ފެންވަރު ރަނގަޅު ކާބޯތަކެތީގެ ބާވަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންނެވެ.
ޒާރާ ބްރޭންޑުގެ ބާސްމަތީ ހަނޑުލަކީ ކަސްޓަމަރުންގެ އިތުބާރު ހޯދާފައިވާ އުފެއްދުމެއްކަމަށް އެ ފިހާރައިން ބުނެއެވެ. އަދި ކުރިމަގުގައިވެސް މިފަދަ ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގައި ސޯސަންއިން ދެމި އޮންނާނެ ކަމަގެ ޔަގީންކަން ދެއެވެ.
އަލީ ޔާމިން
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ސޯސަން ފިހާރަ
ކޮމެންޓް