އަންނަ މަހުގެ އެެއްވަން ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ 100 ވިޔަފާރީގެ ފުރުސަތު ހިމެނޭ އިންވެސްޓްމަންޓް ފޯރަމް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެމްޑީޕީގެ ކޮންގްރެސްއާ ބެހޭ މައުލޫމާތުދެއްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާއެކު ކުރި މަސައްކަތުން، ކޮންގްރެސްއާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އިންވެސްޓްމަންޓް ފޯރަމްގައި، ވިޔަފާރިއާބެހޭ އިންވެސްޓްމަންޓްގެ 100 ވިޔަފާރީގެ ފުރުސަތު 100 ކައުންސިލަކުން ހުށަހަޅާފައިވާ ކަމަށެވެ.
މި ވިޔަފާރީގެ ފުރުސަތުތަކަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް އުސޫލުން ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަށް އިންވެސްޓްކުރެވޭނެ ފުރުސަތުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މިއީ ރަށްރަށުގެ ރައްޔިތުންގެ މާލީ ހާލަތު ރަނގަޅުވާނެ ފުރުސަތުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިންވެސްޓްމަންޓް ފޯރަމްގައި މި އިންވެސްޓްމަންޓްތައް ވިޔަފާރިވެރިންނަށް ހުޅުވާލައި، ކައުންސިލްތަކާ ވާހަކަދައްކައިގެން ރަށްރަށުގައި އިންވެސްޓްކުރުމުގެ ފުރުސަތު، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް