ކެނަބިސް ބޭނުންކޮށް ޓްރެފިކް ކުރި މީހަކު ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ، ގ. ސަންޑާސް އިޝްފާގު ވަހީދުގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އޭނާގެ މައްޗަށް މި ދެ ދައުވާކުރީ، އޭނާ ދިރިއުޅެމުންދިޔަ ސަންޑާސް ގޭގެ ކޮޓަރިން ގިނަ އަދަދެއްގެ ކެނަބިސް އާއި މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ޒާތުގެ ކައްޓާ އަކާއި މަސްތުވާތަކެތި އެޅުމަށް ބޭނުންކުރާ ދަޅެއް ފެނިފައިވާތީއެވެ.
މި މައްސަލައިގައި ކެނަބިސް ބޭނުންކުރުމުގެ ކުށް އިޝްފާގުގެ މައްޗަށް ސާބިތު ވެފައިވާތީ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން ކެނިބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން އުމުރަށް ޖަލަށްލުމާއެކު ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް 12 މަސްދުވަހުގެ ތެރޭގައި އެ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އޭގެ އިތުރުން އެތަނުން ފުލުހުން ނެގި 7،000 ރުފިޔާ އާއި 1،690 އެމެރިިކާ ޑޮލަރާއި 86،000 ރުފިޔާ އަކީ އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަަމަށް ކަނޑައަޅައި އެ ފައިސާ ދައުލަތަށް ނެގުމަށް ވެސް މި މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް