އެޕަލްގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 18 ސީރީޒްގެ ފޯނުތައް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ރާއްޖޭގެ މަޝްހޫރު ގިނަ މޯބައިލް ފިހާރަތަކުން މިހާރު ހުޅުވާލައިފިއެވެ.
ރާއްޖޭގެ އެކި ފިހާރަތަކުން މިހާރު އާންމުކޮށްފައިވާ އަގުތަކަށް ބަލާއިރު، މި ފަހަރުގެ އައިފޯނުތަކުގެ އަގުތައް ހުރީ އެޕަލް ސްޓޯރުން ގަންނަން ލިބެން ހުރި އަގުތަކާ އަޅައި ބަލާއިރު 40-70 ޕަސަންޓު މަތީގައެވެ. އެގޮތުން އެންމެ ދަށް އަގު ވެސް އެވްރެޖުކޮށް ފެށެނީ 32000 ރުފިޔާއިންނެވެ.
ރާއްޖޭގެ ބާޒާރުގައި އައިފޯން 18 ގެ އަގުތައް އުޅޭ ނިސްބަތް:
އައިފޯން 18 ޕްރޯ:
- 256 ޖީބީ: 32000-39000ރ އާ ދެމެދު
- 512 ޖީބީ: 36،000- 43،000ރ އާ ދެމެދު
އައިފޯން 18 ޕްރޯ މެކްސް:
- 256 ޖީބީ: 38،000-46،000ރ އާ ދެމެދު
- 512 ޖީބީ: 40،000- 47،000ރ އާ ދެމެދު
- 1 ޓީބީ: 45،000 -51،000ރ އާާ ދެމެދު
އެޕަލް ސްޓޯރުތަކުން އައިފޯން 18 ޕްރޯ ފެށޭ އަގަކީ 1199 ޑޮލަރެވެ. އަދި އައިފޯން 18 ޕްރޯ މެކްސް ފެށޭ އަގަކީ 1299 ޑޮލަރެވެ. ނަމަވެސް ސްޓޯރޭޖާ އެކު އެ އަގު އުފުލެއެވެ. އެގޮތުން އައިފޯނު 18 ޕްރޯގެ އެންމެ އަގު ބޮޑު ވާޝަންކަމުގައިވާ 1 ޓީބީ ލިބެނީ 1499 ޑޮލަރަށެވެ. އަދި އައިފޯނު 18 ޕްރޯ މެކްސްގެ އެންމެ އަގުބޮޑު ވާޝަންކަމުގައިވާ 2 ޓީބީ ލިބެނީ 1999 ޑޮލަރަށެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ކޮމެންޓް