މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ދެއްވައިފިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް މި ޔަގީންކަން ދެއްވީ ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
އދ. ގެ އާންމު މަޖިލީހުގެ 81ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް މި ވަގުތު ހުންނެވީ ނިއުޔޯކުގައެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށާއި ގައުމުތަކަށް ކުރިމަތިވަމުންދާ ނުރައްކާތެރި އަދި ހިތާމަވެރި އަސަރުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރައްވައިފައި ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި ވަކާލާތު ކުރުމުގައި އދ. ދެމި އޮންނާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރަހައްދީ ފެންވަރުގައި މިހާރު ކަންބޮޑުވާންޖެހޭ ގޮތަށް ހިނގަމުންދާ ކަންކަމުގެ މައްޗަށް ވެސް ނައިބު ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަލިއަޅުއްވާލައްވާފައިވެއެވެ. ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން، އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގެ މިހާރުގެ ނާޒުކު ހާލަތާއި އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ޔުނައިޓެޑް ނޭޝަންސް
ކޮމެންޓް