ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓްގެ ސައުތު އީސްޓް އެންޑް ސައުތު އޭޝިއަން އެފެއާޒް ބިއުރޯގެ ޑިރެކްޓާ ޖެނެރަލް ޕެންގް ސިއުބިން އިސްކޮށް ހުންނަވައިގެން ވަޑައިގެންނެވި ސީޕީސީގެ މަތީ ފަންތީގެ ވަފުދަކުން، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު މުލިއާގޭގައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ޕެންގް ވަނީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމުގެ ދެމެދުގައިވާ އެއްގޮތް އުސޫލުތަކާއި ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމަކީ ދެ ގައުމުގެ އެކުވެރިކަމުގެ ބިންގާކަން ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރައީސް މުއިއްޒު ގެންގުޅުއްވާ އިސްލާހީ ސިޔާސަތުތަކަށާއި، އެ މަނިކުފާނުގެ ޒައާމަތުގައި ހޯއްދަވާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރައްވައި، އެއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅިފައިވާ ވަރުގަދަ ބިންގަލެއްގެ ގޮތުގައި ޕެންގް ވަނީ ސިފަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އިގްތިސޯދީ ދާއިރާއިން ގުޅުން ބަދަހިކޮށް، ދެ ފަރާތަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރުމުގެ ތެރެއިން ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށް އުންމީދުކުރައްވާކަމަށް ޕެންގް ވިދާޅުވިއެވެ. އަދި ދެ ގައުމުގެ މެދުގައި މަތީ ފަންތީގެ ދަތުރުތައް ގިނައިން ކުރެވެމުންދިއުމަކީ ދެ ގައުމުގެ މެދުގައި އޮތް ބަދަހި ރަހުމަތްތެރިކަމުގެ ހެއްކެއްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖެއަށް ދެމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބަހައްޓަވާ ގާތް އެކުވެރިކަމަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ މަނިކުފާނު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތީ އޮތީ ބަދަހި އެކުވެެރިކަމެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ޗައިނާއިން މެދުނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަން ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް