ދިރާގުގެ ހިއްސާދާރުންނަށް ފައިދާ ބެހުމުގެ ކަންކަން ޓެކްސް ގާނޫނުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި، އެ ފަރާތްތަކުގެ ޓެކްސް ރެޒިޑެންސީ ސްޓޭޓަސް ނުވަތަ ޓެކްސް ދައްކަންޖެހޭ ގައުމުގެ މައުލޫމާތު ކަށަވަރުކޮށް އަޕްޑޭޓްކުރުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ދިރާގުން ބުނީ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޫކުރާ ޑިވިޑެންޑުން 10 ޕަސަންޓުގެ ރޭޓުގައި ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް ކަނޑަންޖެހޭ ކަމަށެވެ. އަދި ހިއްސާގެ ފައިދާ ބަހާއިރު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ސާފުނުވާ ހާލަތްތަކުގައިވެސް، ގާނޫނުގައިވާ ގޮތުގެ މަތިން އެ ޓެކްސް އުނިކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދިރާގުން ބުންޏެވެ.
އެހެންކަމުން، ޓެކްސް ރެޒިޑެންސީއާ ގުޅޭ މައުލޫމާތު އަދާހަމަކުރަން ބޭނުންވާ ހިއްސާދާރުންނަށް ދެ ގޮތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް ދިރާގުން ބުންޏެވެ.
އެގޮތުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު އަޕްޑޭޓްކުރެވޭނެ ކަމަށާއި، އަދި ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކޮށްގެންވެސް މައުލޫމާތު އަޕްޑޭޓް ކުރެވެން ހުންނާނެކަމަށް ދިރާގުން ބުންޏެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް