އެމްއެންޔޫގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގެ ޑީންއަކަށް ޒުލައިހާ ރީޝާ ރަޝާދު އައްޔަންކޮށްފިއެެވެ.
އެ މަގާމަަށް ރީޝާ އިއްޔެ އައްޔަންކޮށްފައި ވަނީ އެކަމަކަށްޓަކައި އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރީޝާއަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ.
ގައުމީ ޔުނިވާސިޓީގައި ރީޝާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައެވެ. އެގޮތުން 2024 އިން 2026 އަށް އެ ފެކަލްޓީގެ ލެކްޗަރާގެ މަގާމު ފުރުއްވާފައިވާއިރު، އޭގެ ކުރިން 2016 އިން 2018 އަށް އަދި 2020 އިން 2023 އަށް އެސޯސިއޭޓް ލެކްޗަރާގެ މަގާމުވެސް ރީޝާ ވަނީ ފުރުއްވާފައެވެ.
ރީޝާ އަކީ، މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތައުލީމު ހަރުދަނާކުރުމާއި، ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
އިބްރާހިމް ޒަކީ
ގައުމީ ޔުނިވަސިޓީ
ގައުމީ ޔުނިވަސިޓީ
ގައުމީ ޔުނިވަސިޓީ
ކޮމެންޓް