މަގު ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، ހަތި، ސާއިން އަބްދުލްގައްޔޫމެވެ.
އެ ހާދިސާ ހިނގީ މިދިޔަ އޯގަސްޓްމަހުގެ ހަވީރު މަޖީދީ މަގާއި ޗާންދަނީ މަގާ ގުޅޭ ކަންމަތީގައެވެ. އެ ހާދިސާގައި ފުލުސް މީހާއަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުންގެ މީގެ ކުރިން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ހިމެނޭ ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ އިރު، އޭނާ ބަންދުކުރަން ފުރަތަމަ ކޯޓުން އަމުރުކުރީ ވެސް 15 ދުވަހުގެ މުއްދަތަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަހު ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް