ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަމުގައި އިންޑިއާއާ އެކު އޮތް ހާރިޖީ ގުޅުމަކީ ނުތަނަވަސް ގުޅުމެއް ކަމަށް ސިފަކޮށް، އެ ގުޅުން އަލުން ބަދަހިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނެފިއެވެ.
މިކަން ހާމަކުރީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު އެމްޑީ ތައުހީދު ހުސައިން ޑާކާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަކީ ހަމަހަމަ އަދި ދެ ފަރާތަށް ވެސް ފައިދާހުރި ގުޅުމަކަށް ވާންޖެހެއެވެ. ހަސީނާގެ ސަރުކާރުން އިންޑިއާއާ އެކު ބޭއްވި ގުޅުމުގެ ސަބަބުން ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ތައުހީދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އިންޑިއާއާ އެކު ގުޅުން ބާއްވާނީ ބަންގްލަދޭޝްގެ މަސްލަހަތު އިސްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިދިޔަ އޮގަސްޓު މަހު ހަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން އޭނާ އިންޑިއާއަށް ވަޑައިގަތުމުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފައިވަނީ، ބަންގްލަދޭޝަކީ އިންޑިއާގެ މުހިންމު އަވަށްޓެރިއެއް ކަމަށާއި، ދެ ގައުމުގެ ގުޅުން ބިނާވެފައި އޮންނާނީ ދެ ފަރާތުގެ މަސްލަހަތުގެ މައްޗަށް ކަމަށެވެ. އަދި ބަންގްލަދޭޝްގެ އާ ސަރުކާރާ އެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އިންޑިއާއިން ވަނީ ބުނެފައެވެ.
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ބަންގްލަދޭޝް
ކޮމެންޓް