އަޅާނުލުމުގެ ކުށް ސާބިތުވި މީހަކު ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ގާނޫނުލް އުގޫބާތުގެ 415 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާއި ދެވަނަ ނަންބަރުގެ (i) ވަނަ މާއްދާގެ އަޅާނުލުމުގެ ކުށުން، ކުށްވެރިވެގެން ކުރިމިނަލް ކޯޓުން ހުކުމް ކުރީ އަލީ ނާޒިމް ކިޔާ މީހަކަށެވެ.
ގާނޫނުލްއުގޫބާތުގެ 415 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ހިމެނޭ ކުށަކީ 18 އަހަރު ނުވާ އޭނާގެ ދަރިފުޅަށް އެހީތެރިކަން ފޯރުކޮށް ނުދިނުމެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލްއުގޫބާތު 415 ވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ ގާނޫނުގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން، އަލީ ނާޒިމް ނުވަ މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް