އޮރިޔާން ކާޑު ގެންގުޅުނު މީހަކު އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތްވަނަ ނަންބަރުގެ ދަށުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުން ކުށްވެރިވާ ކަމަށް ކޯޓުން ކަނޑައަޅާފައިވަނީ ސާޖިދު އަބްދުލްމުހައިމިން ކިޔާ މީހެކެވެ.

އެހެންކަމުން ގާނޫނުލްއުގޫބާތު ގެ 622 ވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަންބަރާ ހަވާލާދީ އެމާއްދާގެ (ބ)ގެ ދެ ވަނަ ނަންބަރަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 1002 ވަނަ މާއްދާގެ ދަށުން، ސާޖިދު އަބްދުލްމުހައިމިން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.