ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، ތަހުގީގަށް ބޭނުންވެގެން ހޯދަމުންދަނީ، ސ. ހިތަދޫ ކަށިސުތުލިގެ މުހައްމަދު އިމާދު (46އ) ކަމަށެވެ.
އޭނާއަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން އޭމާ ތަހުގީގަށް ހާޒިރުވާން އަންގައި ފުލުހުން ވަނީ އިއުލާނުކޮށްފައެވެ.
މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ބޭނުންވާތީ މުހައްމަދު އިމާދު، މިމަހުގެ 17 ވަނަ ދުވަހުގެ 10:00 އިން 12:00 އަށް ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވާން ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް