މެދުއިރުމަތީގެ ނުތަނަވަސްކަން ދިގުލައިގެން ހިނގައްޖެނަމަ ދުނިޔެއަށް ސިނާއީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރުދީ، ހުރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ މިވަގުތު އެންމެ އިސްކަންދޭ ކަންތައްކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ އެމެރިކާގެ މީޑިއާތަކަށް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި އަންސާރީ ވިދާޅުވީ، ދުނިޔޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދުމަށްޓަކައި ކަނޑުއޮޅިން މުދާ އުފުލުމުގެ ފުރުސަތު އަލުން ފަހިކޮށްދޭން ޖެހޭ ކަމަށެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ގަތަރުން ބޭނުންވަނީ ވަގުތީ ފަރުވާއެއްގެ ބަދަލުގައި މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ކަނޑުމަގުން މުދާ އުފުލުމަށް ހުރަސްއެޅުން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން އާންމުވިޔަ ނުދިނުމަށް ގަތަރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށްވެސް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. ގަތަރުގެ އަމާޒަކީ މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، ދުނިޔޭގެ ސަޕްލައި ޗޭނަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުން ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަތަރު
ޤަތަރު
ޤަތަރު
ޤަތަރު
ކޮމެންޓް