ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއްކަމަށްވާ ހައްސާން ވަހީދު ރާއްޖޭގައި ތިން ރިސޯޓު ތަރައްގީކުރާ ކުންފުންޏެއްގެ ހިއްސާދާރަކަށް ހުރުމުން އޭނާ އަދާކުރަމުން ދިޔަ ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން ހައްސާނުގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ވިދާޅުވީ، އެކަން ހިނގާފައިވާ ގޮތް ނޫސްތަކުން ފެނުމުން އެކަން ސާފުކުރެއްވި ކަމަށެވެ.
"އަޅުގަނޑަށްވެސް ނޫހުން ފެނުން ތިކަހަލަ ވާހަކައެއް. އަޅުގަނޑުގެ އާއިލާއަކީވެސް ބޮޑު އާއިލާއެއް. އަޅުގަނޑު ތި މައުލޫމާތު ލިބިގެން އެ ބޭފުޅާއާ ސުވާލުކުރިން މިއީ ތެދެއްތޯ. ވިދާޅުވި ތެދެކޭ. ތިމަންނަގެ ހިއްސާ އޮންނަ ކުންފުންޏެއް އެބައޮތޭ. އަޅުގަނޑުމެންވެސް ޕޯޓަލަށް ވަދެ ބަލައިލިން. އެއީ ތެދު ވާހަކައެއް. އެއީ އަޅުގަނޑަކާ ބެހޭ ކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހައްސާން މިހާރު މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން އެއީ އެނގޭތޯ، ސަރުކާރުގެ މަގާމެއްގައި، އަޅުގަނޑު ދީފައި ހުރި، އަޅުގަނޑު އެޕޮއިންޓްކޮށްފައި ހުރި މަގާމެއްގައި ހުރި ބޭފުޅަކު އެކަހަލަ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން. އެހެންވީމާ ވަޒީފާއިން ވަކިކޮށްފައިވާނީ އަޅުގަނޑަށް އެނގުނު ހިސާބުން" ރައީސް ވިދާޅުވިއެވެ.
ހައްސާން ހިއްސާވާ ކުންފުންޏަކީ، އިންޑިއާގެ އާޔަތާނާ ހޮސްޕިޓާލިޓީސްއާއެކީ އޭނާ ހިއްސާވާ ކުންފުންޏެކެވެ.
އެ ކުންފުނިން ވަނީ ތ. ފުއްޓާއި ވަންބަންޖާއި ކަނި ރިސޯޓު ތަރައްގީކުރަން ނަގައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު