ކުންފުނިތައް އެއްކޮށްލާއިރު، މުވައްޒަފުން އިތުރަށް މަދުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެފިޝަންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކައި، ބަދަލުތައް ގެންނަން ނިންމަވާފައިވާ ކަމަށެވެ.
އާރުޑީސީ އެމްޓީސީސީއާ އެއްކޮށްލެވި، އެމްޓީސީސީގެ ސަރުކާރުގެ ހިއްސާ ބޮޑުކުރެވި ރައްޔިތުންނަށް މީގެ ފައިދާތައް ލިބިގެންދާނެ ކަމަށާއި އެހެންވީމަ، މި ދެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ ތެރެއިން މި އެފިޝަންސީ އެޗީވް ކުރުމުގެ ތެރެއިން ހާސިލުކުރެވިގެންދާނެ ހަމަ އަނެއް ކަމަކީ، މިހާރުވެސް މި ކުރިއަށްދާ ގޮތަށް ރައިޓް ސައިޒް ކުރުމުގެ ތެރެއިން ކުންފުންޏަށް ބޭނުންވާ ވަރަށް މުވައްޒަފުން ހަމަޖެއްސުން. އިތުރު މުވައްޒަފުން މި ޕްރޮސެސްގެ ތެރެއިން ނިމިގެންދާއިރުގައި މަދުވެސް ކުރެވިގެންދާނެ. އަދި އިތުރަށް މަދުވާނެ، މަދުކުރެވޭ ކުންފުނިތައް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީވެސް މި ޕްރޮސެސްގެ ތެރެއިން އެއްކޮށްލައި، ފެނަކައާއި ސްޓެލްކޯއާ އެއްވެގެން ގޮސް ނިމިގެންދާއިރުގައި، އަދި އާރުޑީސީ އާއި އެމްޓީސީސީއާ އެއްވެގެން ދާއިރުގައި ޕްރޮސެސްގެ ތެރެއިން ކުންފުނީގެ އެފިޝަންސީ އެޗީވް ކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ އަދަދު މަދުވާނެ ކަމަށެވެ. އެހެންވީމަ އެފިޝަންޓް، މުވައްޒަފުން މަދު ހަރުދަނާ ނިޒާމެއްގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިނގަމުންދާނެ ގޮތަށް ބަދަލުތައް މި ގެނެވެނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު