ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ތަރިކައާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު އިބްރާހިމް ރޭ ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ބަހާލައިގެން ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ކަމަށެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި ދުވަހުގެ ޝިއާރާ ގުޅޭ މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށާއި ހުރިހާ ޗެނަލްތަކަކުން ދުވަހާ ގުޅިގެން ލައިވް ޕްރޮގްރާމްތަކާއި ޕޮޑްކާސްޓްތައް ކުރިއަށްގެންދާނެ ކަމަށް ތަރިކަ މިނިސްޓްރީން ބުނެއެވެ.
ލަނޑުދަނޑި:
ރާއްޖޭގެ އިސްލާމީ ތަރިކަ ދެނެހެއްޓެނިވި ގޮތެއްގައި ހިމާޔަތް ކުރުމާއެކު އިސްލާމީ ފަންނުވެރިކަމާއި، އިލްމީ ދިރާސާތައް ކުރިއަރުވައި ބައިންލައަގުވާމީ އިސްލާމީ އުންމަތާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އަންނަން އޮތް ޖީލުތަކުގެ މެދުގައި އިސްލާމީ އަގީދާއާއި ދީނީ ވަހުދަތު ހަރުދަނާކުރުން.
އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ހަރަކާތްތައް:
- 900 އަހަރުގެ މޮނިއުމެންޓެއް ހެދުމުގެ މަސައްކަތް (ކަމާބެހޭ އިދާރާތަކާއި އެކިއެކި އެސޯސިއޭޝަންތަކާ ގުޅިގެން). ރާއްޖެ އިސްލާމްވި މުނާސަބާ ރަމްޒުކޮށްދޭ ދާއިމީ ހަނދާނެއްގެ ގޮތުގައި ބަހައްޓަނީ މާލެ ސަރަހައްދުގައި.
- ގަދީމީ އަތުލިޔުންތަކާއި ތާރީހީ ތަރިކަ ރައްކާތެރިކޮށް ދިރުވައި އާލާކުރުމުގެ ގޮތުން ރާއްޖޭގެ އިސްލާމީ ތާރީހުގެ މިއުޒިއަމް ގެލެރީއެއްގެ މަސައްކަތް.
- ދިވެހިންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ރާއްޖެ އިސްލާމިތާ 900 އަހަރު ފުރުނުކަން އަންގައިދިނުމަށް، ވިސިބިލިޓީ އިތުރުކުރުމުގެ މަސައްކަތްތައް ތަރިކަ މިނިސްޓްރީން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި.
ހަރަކާތްތަކާއި އިވެންޓުތައް:
- ބައިނަލްއަގުވާމީ އިސްލާމީ ޓްރޭޑް ފެއާއެއް.
- ކުޑަކުދިންނާއި ޒުވާންނުންގެ ހިތްތަކުގައި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް، ގައުމީ ގުރުއާން ކިޔުމުގެ ފެސްޓިވަލެއް.
- ގައުމީ އިސްލާމީ އިލްމީ ސުވާލު މުބާރާތެއް.
- އިސްލާމީ ސޮލިޑަރިޓީ ގޭމްސް މޯލްޑިވްސް އެޑިޝަންގެ ނަމުގައި ކުޅިވަރު މުބާރާތްތަކެއް.
- އިސްލާމީ ކެލިގްރަފީ ފެސްޓިވަލް މައުރަޒު.
- ފިލްމީ ވަސީލަތްތައް މެދުވެރިކޮށް އިސްލާމީ ތާރީހާއި ސަގާފަތް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިސްލާމީ ފިލްމް ފެސްޓިވަލް.
- އަތޮޅުފެންވަރުގައި ބޭއްވޭ ދީނީ ސިންތާއެއް.
- ޒުވާނުންގެ ބައިވެރިވުމާއެކު އިސްލާމީ މަހާސިންތާ ހުށަހަޅާނެ ފެންވަރު ރަނގަޅު ކަރުދާސްތައް ތައްޔަރުކޮށް ކުރިއަށްގެންދާ ކޮންފަރަންސް.
- އޭގެ ދަށުން އިސްލާމީ ކޮންފްރަންސް އިސްލާމީ އިލްމުވެރިން މެދުވެރިކޮށް ހުށަހެޅޭ ކަރުދާސްތަކާ މެދު މަޝްވަރާކުރުން.
- ޒުވާނުންނަށް އިސްލާމީ ތަރުބިއްޔަތާއި ރިވެތި އަހުލާގު އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޒުވާނުންގެ އިސްލާމީ ތަރިކަ ކޭމްޕް/ އިސްލާމްދީނުގައި ތިބެގެން ޒަމާނީ ގޮތަށް ކުރިއަށްދެވޭނެ ގޮތް ފަހިކޮށްދިނުމަށް ޕްރޮގްރާމްތަކެއް.
- ރާއްޖޭގެ މިސްކިތްތަކުގެ ފޮޓޯ ފޮތް/ ދިވެހި އިސްލާމީ ބިނާތައް، ހިރިގަލުގެ މިސްކިތްތަކުގެ އާކިޓެކްޗާ ޑޮކިއުމަންޓް ކުރެވި ޝާއިރު ކުރެވިގެންދާނެ.
- އިމާރާތް ކުރުމުގައި ދިވެހި އިސްލާމީ ފަރުމާތައް ބޭނުންކުރުމުގެ މުބާރާތެއް/ އިސްލާމީ ކުރެހުންތަކާއި ގަލުވަޑާމުގެ މަސައްކަތްތައް ފެންނަގޮތަށް.
ފާތިމަތު ލިއުޝާ
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
އާޓްސް މިނިސްޓަރ
ކޮމެންޓް