މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީތަކުގައި ދިރިއުޅޭ ގިނަ އާއިލާތަކަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ ޖާގަ ކުޑަވުމެވެ. ކުދި އެޕާޓްމަންޓްތަކުގައި ދިރިއުޅޭއިރު، އާދައިގެ ބޮޑެތި ފަރުނީޗަރު ބޭނުންކުރުމުން ގޭތެރެ އިތުރަށް ތޮއްޖެހެއެވެ. މިކަމުގެ ސަބަބުން ގޭތެރޭގައި ހިނގާބިނގާވެ އުޅުމަށް ދަތިވާކަމުގެ ޝަކުވާ ގިނަ މީހުން ކުރެއެވެ.
ވީވޯ ހޯމް އިން ތައާރަފުކުރި ރިފާ ކަލެކްޝަނަކީ މިފަދަ ޝަކުވާތަކަށް އޮތް ފުރިހަމަ ހައްލެކެވެ. މި ކަލެކްޝަން ފަރުމާކޮށްފައިވަނީ ކުދި ޖާގަތައްވެސް ތަނަވަސް ތަންތަނުގެ ގޮތުގައި ބޭނުންކުރެވޭނެ ފަދަ އީޖާދީ ގޮތްތަކަކަށެވެ. ވީވޯ ހޯމްއިން ތައާރަފު ކޮށްފައިވާ ރިފާ ކަލެކްޝަން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެެއްގެ މަގުބޫލުކަން ހޯދައިފައެވެ.
ރިފާ ކަލެކްޝަންގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ ކަހާލެވޭ ދޮރު ހަރުކޮށްފައިވާ އަލަމާރިތަކެވެ. މި އަލަމާރިތަކުގެ ކުރިމަތީގައި ބޮޑު ލޯގަނޑެއް ވަނީ ހަރުކޮށްފައެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ދެ ދޮރުފަތް އަދި ތިން ދޮރުފަތް އެކުލެވޭ އަލަމާރިތައް މި ބްރޭންޑުގެ ދަށުން ލިބެން ހުރެއެވެ. ކަހާލެވޭ ދޮރު ނުވަތަ ސްލައިޑިން ދޮރު ފަރުމާކޮށްފައި ހުރުމުން އަލަމާރި ހުޅުވާއިރު އިތުރު ޖާގަ ބޭނުމެއް ނުވާނެއެވެ.
އަލަމާރީގެ ބޭރުފުށުގެ ފުރިހަމަކަމުގެ އިތުރުން، އެތެރޭގެ ޖާގަވެސް ވަނީ ވަރަށް ބޮޑަށް ތަރުތީބުކޮށްފައެވެ. އެތެރޭގައި ހެދުން އެޅުވުމަށާއި ފަތްޖަހާފައި ބެހެއްޓުމަށް ގިނަ ވަތްގަނޑުތަކެއް ހުރެއެވެ. މީގެ ސަބަބުން ތަފާތު ބާވަތްބާވަތުގެ އަންނައުނާއި އެހެނިހެން ތަކެތި ވަކިވަކިން، ފަސޭހައިން ނެގޭނެހެން ރައްކާކުރެވޭނެއެވެ. ތަކެތި ވަކިން ބެހެއްޓޭނެ ގޮތަށް އެތެރެ ފަރުމާކޮށްފައި ހުރުމުން، ގޭތެރެ ހަޑިވުމުން ސަލާމަތްވެ، ތަރުތީބުކޮށް ބެހެއްޓުމަށް މަގުފަހިވެއެވެ. އަންނައުނުގެ އިތުރުން ދަބަހާއި ބޫޓު ފަދަ ތަކެތި ބެހެއްޓުމަށްވެސް މި އަލަމާރިތަކުގައި ޖާގަ ކަނޑައަޅާފައި ހުރެއެވެ. މިއީ އެއް ތަނަކުން ހުރިހާ އެއްޗެއް ފެންނަން ހުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ރިފާ ބްރޭންޑްގެ މި ފަރުނީޗަރުތައް އުފައްދާފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އެގޮތުން މި ތަކެތި ތައްޔާރުކޮށްފައިވަނީ މެލަމީން ފަށަލައެއް ހިމެނޭ އިންޖިނިއާޑް ލަކުޑިންނެވެ. އިންޖިނިއާޑް ލަކުޑިއަކީ ފަރުނީޗަރު އުފެއްދުމަށް މިހާރު ދުނިޔޭގައިވެސް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތެވެ. އިންޖިނިއާޑް ލަކުޑިއަކީ އާދައިގެ ލަކުޑިއަށްވުރެ އަގުހެޔޮ، ނަމަވެސް ވަރުގަދަ މާއްދާއެކެވެ. އޭގައިވާ މެލަމީން ފަށަލައިގެ ސަބަބުން ފަރުނީޗަރަށް އިތުރު ރައްކާތެރިކަމަކާއި ރީތިކަމެއް ގެނެސްދެއެވެ.
ރާއްޖެއަކީ ވައިގެ ތެތްކަން މަތި ގައުމަކަށްވުމާއެކު، އާދައިގެ ލަކުޑީގެ ފަރުނީޗަރުތައް އަވަހަށް ހަލާކުވުމަކީ އާންމު ކަމެކެވެ. ނަމަވެސް މެލަމީން ފަށަލައިގެ ސަބަބުން ވައިގެ ތެތްކަމުން ފަރުނީޗަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދެއެވެ. މި ފަށަލައަކީ ފެނާއި ހޫނުން ލަކުޑި ރައްކާތެރިކޮށްދޭ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ. އެހެންކަމުން ރާއްޖޭގެ މޫސުމާ މި ފަރުނީޗަރު ވަރަށް ބޮޑަށް ގުޅެއެވެ.
މީގެ އިތުރުން، މެލަމީން ފަށަލައިގެ ސަބަބުން ފަރުނީޗަރު ސާފުކުރަންވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދެއެވެ. ހިރަފުސް ހޭކުމުން ނުވަތަ ކިލާވުމުން ތެތް ފޮތިގަނޑަކުން ފުހެލުމުން ފަސޭހައިން ސާފުކުރެވެއެވެ. އާދައިގެ ލަކުޑި ފަދައިން މިއަށް ހާއްސަ ކެމިކަލްތައް ބޭނުންކޮށްގެން ސާފުކުރާކަށް ނުޖެހެއެވެ.
އަލަމާރީގެ އިތުރުން ރިފާ ކަލެކްޝަންގައި ހިމެނޭ އެނދުތަކަކީވެސް ފާހަގަކޮށްލެވޭ ފަރުމާތަކެކެވެ. މި އެނދުތަކަކީ ގޮދަޑީގެ ދަށުގައި އެއްޗެހި ރައްކާކުރެވޭނެ ހުސްޖާގަ ހުންނަ ގޮތަށް ފަރުމާކޮށްފައިވާ އެނދުތަކެކެވެ. ރިފާ ހައިލޭންޑް ސްޓޯރޭޖް ބެޑްގެ ނަމުގައި ވިއްކާ މި އެނދުތަކަކީ ކުދި ކޮޓަރިތަކަށް ވަރަށް މުހިންމު އުފެއްދުމެކެވެ.
ވީވޯ ހޯމްގެ އުފެއްދުންތައް ބައްލަވައިގަތުމަށް ކަސްޓަމަރުންނަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ ހެންވޭރުގައި ހުންނަ ވީވޯ ހޯމްގެ ޝޯރޫމަށް ޒިޔާރަތްކޮށްގެން ފަރުނީޗަރުތައް އަމިއްލައަށް ބަލައިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ގަނޑުކޮށް ފަރުނީޗަރު ގަންނަން ބޭނުންވާ މީހުންނަށްވެސް މިއީ ލިބޭނެ ފަސޭހައެކެވެ.
ޝޯރޫމްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ކުންފުނީގެ ރަސްމީ ވެބްސައިޓް ވީވޯހޯމް.އެމްވީ މެދުވެރިކޮށް ރިފާ ބްރޭންޑުގެ ފަރުނީޗަރުތަކުގެ ތަފުސީލުތައް ބަލައިލެވޭނެއެވެ. ވެބްސައިޓުގައި ފަރުނީޗަރުގެ ސައިޒުތަކާއި ފޮޓޯތައް ވަރަށް ސާފުކޮށް ފެންނާން ހުރެއެވެ.
ގޭގައި ތިބެގެން ފަސޭހަކަމާއެކު އޯޑަރުކޮށް، ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވެބްސައިޓްގައި ވަނީ ގާއިމުކޮށްފައެވެ. ކްރެޑިޓް ކާޑު ބޭނުންނުކޮށް، އޮންލައިން ބޭންކިން މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު ރަސީދު އަޕްލޯޑްކުރުމުން އޯޑަރު ކަށަވަރުވެގެންދެއެވެ
ގަންނަ ފަރުނީޗަރުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ ހިދުމަތްވެސް ވީވޯ ހޯމް އިން ފޯރުކޮށްދެއެވެ. މާލެ ސަރަހައްދުގައި ނަމަ، މެންދުރު އެކެއްގެ ކުރިން އޯޑަރުކުރާ ތަކެތި ހަމަ އެ ދުވަހު ޑެލިވަރީކޮށްދޭކަން ކުންފުނިން ފާހަގަކުރެއެވެ. މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް ޑެލިވާކޮށްދޭނެއެވެ.
އަލީ ޔާމިން
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ކޮމެންޓް