ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން ކަމުގެ މަގާމުން އަހުމަދު ޝަހީރު ވަކިކޮށްފިއެވެ.
އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަން ކުރީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
ޝަހީރު، އެޗްޑީސީގެ ޗެއާމަން ކަމުން ވަކި ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އެ މަގާމުން ވަކި ކުރީ އެހެން ކުންފުންޏަކަށް ބަދަލުކުރުމުގެ ގޮތުންނެވެ.
ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފައެވެ.
މީގެ އިތުރުން ޝަހީރު ވަނީ 29 އަހަރު އެސްޓީއޯގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ކުރެއްވިއެެވެ.
ޝަރީރުގެ ކުރިން އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވީ އަހުމަދު ނާސިފް (ޑީޑީ) އެވެ. އޭނާ އެ މަގާމުން ވަކިކޮށް އައްޔަން ކުރީ ވެމްކޯގެ ޗެއާމަނަކަށެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް