ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ހާއްސަ ހަރަކާތްތެއް ކުރިޔަށްގެންދަން ނިންމައިފިއެވެ.
މި އަހަރުގެ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.
އެ ހަވީރަކީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް، ގިނަ ހަރަކާތްތަކަކާ އެކު ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތްތަކެއް ހަމަށް ފުލުހުން ބުނެއެވެ. ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން އެ ހަވީރުގައި ބައިވެރިވުމަށް ފުލުހުންގެ ފަރާތުން ވަނީ ދައުވަތު އަރުވައިފައެެވެ.
މާލޭގައި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ. އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ހާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުއެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި "ޕޮލިސް ވޯކް އެންޑް ޓޯކް" ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި "އެކުވެރިކަމުގެ ހިނގާލުން" ހިމެނެއެވެ.
މިއީ، ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމާ އެކު، ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ހިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް