އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު، 30އގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު "ވަން" އަށް ބުނީ މައިމޫން ހައްޔަރުކުރީ ރޭ އެމްޑީޕީން ބޭއްވި އެއްވުމެއްގައި ހަމަނުޖެހުން ހިންގައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ އިތުރުން، މަގު ބަންދުކުރުމަށް ޖަހާފައި ހުރި ބެރިކޭޑްތައް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަށް ވަން މައްސަލައިގައި ކަމަށެވެ.
އޭނާ ހައްޔަރުކުރީ ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައިމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަލީ ޔާމިން
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް