އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ 31 ގައި އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭ ގޮތަށް، މިހާރުގެ ގައުމީ މަޖިލީހުގެ ދައުރު ދަންމާލުމަށް ފާސްކޮށްފިއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަޖެހިފައިނުވާތީ، ކުރިން ކަނޑައެޅުނު ތާވަލާ އެއްގޮތަށް ކޮންގްރެސް ބޭއްވޭނެ ގޮތް ވެފައިނުވާ ކަމަށާއި އެންމެ އަވަހަށް ވެސް ކޮންގްރެސްއެއް ބޭއްވެން އޮތީ މި ފެށޭ މަހުގެ 25 ގެ ފަހުން ކަމަށެވެ.
މި ފެށޭ މަހުގެ 25 ވަނަ ދުވަހަކީ މިހާރުގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާ ދުވަހަށްވާތީއާއި، ހިންގާ ގަވާއިދަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަން ހިމެނިފައިވާތީ، ގައުމީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން ނިންމުމެއް ނިންމަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހުށަހަޅުއްވާފައިވަނީ، ޖެނުއަރީ 31 ގައި އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ބޭއްވުމަށާއި އެ އިންތިހާބު ބޭއްވެންދެން މިހާރުގެ ގައުމީ މަޖިލިސްގެ ދައުރު ދަންމާލުމަށެވެ. އެ ހުށަހެޅުން ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 34 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ ވޯޓާއެކުއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް މުހައްމަދު ޝިފާޒް އައްޔަންކުރުމަށް ފާސްކޮށް، ސިލްސިލާ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މިރޭގެ ބައްދަލުވުމުގައި ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ.
ހޯމް މިނިސްޓަރު އަލީ އިހްސާން
އެމްޑީޕީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް