ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދު ކަމަށާއި، އެހެންކަމުން ކަނޑު ބޭނުން ކޮށްގެން ރާއްޖެއަށް ބޭނުންވާ ވަރަށް ހަަކަތަ އުފެއްދެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ރޭ ގެނެސްދިން "ދަ ޕަލްސް" ޝޯގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ރިސާޗް ކުރުމުގެ ދާއިރާ ކުރިއަރުވަން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޔުނިވަސިޓީތަކުގެ ފެންވަރުގައިވެސް އަދި ރާއްޖެއިން ބޭރުގެ ޔުނިވަސިޓީތަކުން ރާއްޖެއަށް އައިސްގެން ކަމަށްވިޔަސް، ރާއްޖޭގައި ރިނިއުބަލް އެނާޖީއާ ގުޅޭ ދިރާސާތައް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ރާއްޖޭގަ އެބަޖެހޭ ރިސާޗުތަކަށް ތަރުހީބު ދޭން ފަށަން. ރިސާޗް ޔުނިވަސިޓީ ލެވެލްގަވެސް އަދި އެހެން ގޮތްގޮތުން ބޭރުގެ ޔުނިވާސިޓީތަކުން ރާއްޖެ އައިސްގެންވެސް އެބަޖެހޭ މިހާރު ހާއްސަކޮށް ސަސްޓެއިނަބަލް ޑިވެލޮޕްމެންޓަށްޓަކާ އެ މަގުން ކުރަންޖެހޭ އެކިކަހަލަ ހާއްސަކޮށް ރިނިއުބަލް އެނާޖީއަކަށް އެކި ކަހަލަ ރިސާޗުތައް ކުރެވެން. ޔެސް އެކްސްޕްލޯ ކުރީމަ އެނގޭނެ. ރާއްޖޭގަ މިއޮތީ 99 ޕަސަންޓް ކަނޑު. ކަނޑުގެ ބޭނުންކޮށްގެން، މޫދުގެ ބޭނުން ކޮށްގެން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބޭނުންވާ ވަރަށް އެނާޖީ ކްރިއޭޓް ކުރެވެން ވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަން ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. ސޯލާ އެނާޖީ ރާއްޖޭގައި ވަރަށް ފަސޭހައިން އުފެއްދޭނެ ކަމަށާއި، އެހެންވެގެން ސަރުކާރުން ވަނީ 2028 ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ 33 ޕަސަންޓް ހަކަތައަކީ ސޯލާ ހަކަތައަށް ހެދުމަށް އަމާޒު ކަނޑައަޅާފައިކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު، އެއީ ހަމައެކަނި ސޯލާ އެނާޖީއަށް ވެގެން ނުވާނެ ކަމަށާއި، ރިނުއުބަލް އެނާޖީ އެހެން ސެކްޓާތަކަށްވެސް އިސްކަން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް